ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރާއި އެމްޑީޕީގެ އިސްވެރިން ގެންދަނީ އިންތިޚާބަށް ނުފޫޒު ފޯރުވަމުން: އިދިކޮޅު

ޝެއާރކޮށްލާ ކަހަލަދޯ؟

 

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ވޯޓުލުން މިއަދު ކުރިއަށްދާއިރު އިންސާފުވެރި އިންތިޚާބަކަށް ހުރަސް އަޅައި އަދި ޤާނޫނާ ޚިލާފަށް ވޯޓަށް ނުފޫޒު ފޯރުވުމުގެ އެތައް ޢަމަލެއް ސަރުކާރު ހިންގަވަން ތިއްބެވި ފަރާތްތަކާ އެމްޑީޕީއިން ގެންދަނީ ހިންގަމުން ކަމަށް ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ.

އެ ކޯލިޝަނުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ އެއީ ޣައިރު ޤާނޫނީ ޢަމަލުތަކެއް ކަމަށާއި މިހާރުން މިހާރަށް އެކަން ހުއްޓާލުމަށެވެ. އަދި އިންތިޚާބީ ޙައްޤުތައް ނަގައިލަން ހިންގާ މި ކަންކަން މިހާރުން މިހާރަށް ތަޙްޤީޤްކޮށްދިނުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް ގޮވާލާ ކަމަށް ވެސް ވަނީ ބުނެފައެވެ.

”ވޯޓުލުން ފެށިގެން ކުރިއަށް ދަނިކޮށް މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ތާއީދު ހޯދުމާ ކެމްޕެއިނުކުރުމުގައި ޢަމަލުކުރަން ޖެހޭ އުޞޫލުތަކާ ޚިލާފަށް ރާއްޖޭގެ ޤައުމީ މީޑިއާ މެދުވެރިކޮށް ވަކި ޕާޓީއެއްގެ ކެންޑިޑޭޓުންނަށް ކެމްޕޭނުކޮށްދެއްވާފައެވެ. އަދި އެމްޑީޕީގެ ރައީސްއާއި އެ ޕާޓީގެ އިސް ވެރިންނާ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރުން ވޯޓުލާ މަރުކަޒުތަކުގެ ސަރަޙައްދުތަކުގައި ވަރަށް ފާޅުކަން ބޮޑުގޮތެއްގައި ޤާނޫނާ ޚިލާފަށް ކެމްޕޭން ހިންގާ، އިންތިޚާބަށް ނުފޫޒު ފޯރުވައި، ވޯޓުލާންދާ ފަރާތްތަކަށް ބިރުދެއްކުމުގެ ޢަމަލުތައް ދަނީ ތަކުރާރުކޮށް ހިންގަމުންނެވެ.“ އެ ބަޔާނުގައި ބުނެފައިވެއެވެ.

ވޯޓުލާ މީހުންގެ ރަޖިސްޓްރީ ބެލެހެއްޓުމުގައި އިލެކްޝަންސް ކޮމިޝަނުން ޤާއިމުކޮށްފައިވާ އުޞޫލުތައް ފޫދުއްވާލައި އެކި މީހުންގެ ނަމުގައި ނޭނގި ވޯޓުލުމާ އެކެއްގެ ނަމުގައި ތަކުރާރުކޮށް ވޯޓުލަމުންދާކަމުގެ ހެކި ލިބެމުންދާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ. ”މާލޭގެ މޭޔަރުކަމަށް ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ފަރާތުން ވާދަކުރައްވަވާ ޑރ މުޙައްމަދު މުޢިއްޒުގެ ފަރާތުން އެކި ވޯޓުފޮށިތަކުގެ ގާތުގައި ތިބުމަށް ޢައްޔަނުކޮށްފައިވާ އޮބްޒާވަރުންނަށް އޮބްޒާވްކުރުމުގެ ޙައްޤު ގެއްލުވާލައި ވޯޓުލުން ކުރިއަށްދާގޮތް މޮނިޓަރކުރުމަށް ދަތިކޮށް ވޯޓުގެ ޞައްޙަކަމާ އިތުބާރު ގެއްލޭނެ ޢަމަލުތައް ހިންގަމުންދާކަމުގެ ޝަކުވާ އޮބްޒާވަރުގެ ފަރާތުން ދަނީ ލިބެމުންނެވެ.“ އެ ބަޔާނުގައި ބުނެފައިވެއެވެ.

އެ ކޯލިޝަނުން ބުނެފައިވަނީ ވޯޓު ގަޑުބަޑުކޮށް ވޯޓު އޮޅުވާލާ ރައްޔިތުންގެ ޙައްޤުތަކަށް އަރައިގަތުމަށް މަގުފަހިވާގޮތަށް ހިންގަމުން މިދާ ޢަމަލުތައް ޑރ.މުޙައްމަދު މުޢިއްޒުގެ ކެމްޕޭން ޓީމުގެ ފަރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި މި ޢަމަލުތައް މިހާރުން މިހާރަށް ހުއްޓާލައި، އިންސާފުވެރި އިންތިޚާބެއް ކަށަވަރުކޮށްދިނުމުގެ ޤާނޫނީ ޒިންމާ އަދާކުރުމަށް ދައުލަތުގެ ކަމާބެހޭ އެންމެހާ މުއައްސަސާތަކަށް ވަކިން ޚާއްޞަކޮށް އިލެކްޝަންސް ކޮމިޝަނަށާ އެ ކޮމިޝަންގެ ރައީސަށް ގޮވާލާ ކަމަށް ވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: