މިއަދު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މާލޭ ސިޓީގެ މާފަންނު މެދު ދާއިރާގެ ކައުންސިލަރު ކަމަށް ޕީޕީއެމްގެ ކައުންސިލް މެންބަރު އަޙްމަދު ނަރީޝް އިންތިޚާބުވެއްޖެއެވެ.ޱ
އޭނާ ވަނީ އެ ދާއިރާގެ މާލޭގައި ބެހެއްޓިފައިވާ ހަ ވޯޓުފޮށިން ކުރި ހޯއްދަވާފައެވެ.
މިހާތަނަށް އާންމު ކުރި ނަތީޖާތަކަށް ބަލާއިރު ނަރީޝް ވަނީ ބޮޑު ތަފާތެއް ހޯދައިފައެވެ. ނަރީޝާ ވާދަ ކުރީ އެމްޑީޕީގެ ކެނޑިޑޭޓް އަޙުމަދު ރިޝްވާންއެވެ.
ކޮވިޑް-19 އާ ގުޅިގެން ލަސްކުރެވުނު ލޯކަލް ކައުންސިލްތަކުގެ އިންތިހާބު 2020 ގައި ވޯޓުލުމުގެ ހައްގު 273،182 މީހަކަށް ލިބިފައިވެއެވެ. ޚާއްސަ ގާނޫނެއްގެ ދަށުން އައު ގައިޑްލައިނަކާއެކު ކުރިއަށް ގެންދިޔަ މި އިންތިހާބުގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ވޯޓުލުމަށް 713 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ.

