ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.
ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން މިއަދު އޮތް ފުލުހުންގެ ބޯޑުގެ ބައްދަލުވުމުގައި އޭނާ ބައިވެރިވެވަޑައިގެންފައި ވަނީ ވާޗުއަލްކޮށް ކަމަށެވެ. ޕޮޒިޓިވްވުމާ ގުޅިގެން ސީޕީ ހުންނެވީ އައިސޮލޭޝަންގައެވެ.
ހަމީދުގެ ޓްވީޓްގައި ވަނީ ފުލުހުންގެ އާ ބޯޑުގައި ތިއްބެވި ހަތް މެންބަރުންނަށް ވެސް މަރުހަބާ ވިދާޅުވެފައެވެ. އަދި އާ ބޯޑާ އެކީ ފުލުހުންގެ މުއައްސަސާއަކީ ރައްޔިތުންގެ އިތުބާރު އޮތް މުއައްސަސާއަކަށް ހެދުމަށް އިތުރު ހަރުދަނާ މަސައްކަތްތަކެއް ކުރެވިގެން ދާނެ ކަމަށް ހަމީދު ވިދާޅުވިއެވެ.

