ތ. ގާދިއްފުއްޓާއި ލ. މާވަށުގައި ވޯޓުލުމުގެ މަސައްކަތް އަލުން ކުރިއަށްގެންދަން ނިންމި ނަމަވެސް އެދެރަށުގައި އަލުން ވޯޓަށް ރީ-ރަޖިސްޓްރީވާން ނުޖެހޭކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބާ ގުޅޭގޮތުން ހުށަހެޅި ޝަކުވާތަކާ ގުޅިގެން މި ދެ ރަށުގައިވެސް ވޯޓުލުން އަލުން ކުރިއަށްގެންދަން ނިންމާފަައިވަނީ ދާއިރާ ނޫން ބަޔަކު އެ ދެ ރަށުގެ ކައުންސިލަށް ވޯޓުލާފައިވާތީ ކަމަށް އިލެކްޝަނުން ވަނީ ބުނެފައެވެ.
އިންތިޚާބު ބާއްވާނެ ވަކި ތާރީޚެއް އަދި އިއުލާން ނުކުރިނަމަވެސް އިލެކްޝަން އަންނަ ޝަކުވާތަކާއި ގުޅިގެން ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިދެރަށުގައި އިންތިޚާބު ބޭއްވި ކަމުގައި ވީނަމަވެސް އަލުން ރީ-ރަޖިސްޓްރީވާން ނުޖެހޭނެކަމަށެވެ. އަދި ވޯޓުލުން ކުރިއަށް ގެންދާނީ ހަމައެކަނި މައްސަލަ ޖެހުނު ފޮށީގައި އެކަނި ކަމަށެވެ. އެހެންކަމަށްވުނުމުން އެފޮއްޓަށް ކުރިންވެސް ރަޖިސްޓްރީ ކޮށްފައިވާ މީހުންނަށް ވޯޓު ލުމުގެ ފުރުސަތު އޮންނާނެއެވެ.

