މި ސަރުކާރު އިންތިހާބުކުރީ ކީއްކުރަންބާއޭ މިހާރު ހިތަށް އަރާ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.
ދުންޔާ މިހެން ވިދާޅުވީ ކޮވިޑްގެ ކޭސްތައް ނުރައްކާ މިންވަރަކަށް މަތިވަމުން އަންނާތީ ކަންބޮޑުވުން ފާޅުކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.
އެގޮތުން ދުންޔާ ވިދާޅުވީ ރައްޔިތުން ބާކީ ކޮށްލައިފި ކަމަށާއި ކޮވިޑް ކޮންޓްރޯލް ކުރަން ސަރުކާރުން އެއްވެސް ފިޔަވަޅެއް ނާޅާ ކަމަށެވެ.
”މި ސަރުކާރު އިންތިހާބުކުރީ ކީއްކުރަންބާއޭ ހިތަށް އަރާ“ ދުންޔާ ވިދާޅުވިއެވެ.
ކޮވިޑްގެ ހާލަތު އެންމެ ގޯސްވެގެން ދިޔަ ދުވަސްތަކުގައި ވެސް 300 އިން މައްޗަށް ޕޮޒިޓިވް ކޭސްތައް އަރާފައެއް ނުވެއެވެ. ނަމަވެސް މިދިޔަ ހަތް ދުވަހުގެ ތެރޭގައި ކޮވިޑް ކޭސްތައް ވަނީ 300 އިން މަތީގަ އެވެ. ދެ ދުވަހެއްގައި ނޫނީ ނަންބަރު ހުރީ އެ އަދަދު ގައެވެ. އެންމެ ފަހުން އިއްޔެ ކޮވިޑް ނަންބަރު ވަނީ 400 އިން މައްޗަށް އަރާފަ އެވެ.
މުޅި ހަފުތާއަށް ބަލާނަމަ 2،132 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ.

