ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގޮވާ ޑިވައިސް ހެދުމުގައި އަސްކަރީ ފެންވަރުގެ ތަކެތި ބޭނުން ކޮށްފައެއް ނެތް: ފުލުހުން

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް މުހައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް ރޭ ދިން ޓެރެރިސްޓް ހަމަލާގައި، ހަމަލާދޭން ތައްޔާރުކޮށްފައިވާ ޑިވައިސް ހެދުމުގައި އަސްކަރީ ފެންވަރުގެ ތަކެތި ބޭނުންކޮށްފައި ނުވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ރިޔާޒް  ވިދާޅުވީ މި ކަމުގައި އެމްއެންޑީއެފް ނުވަތަ މިލިޓަރީގެ އެހީތެރިކަމެއް ނުވަތަ އަސްކަރިއްޔާގެ ބައިވެރިވުމެއް އޮތް ކަމަަށް ތަހުގީގަށް އެނގިފައި ނުވާ ކަމަށެވެ. މީގެ އިތުރުން، އެ ސަރަހައްދަށް ހަމަލާ ދިނުމުގައި ބޭނުންކޮށްފައިވާ ބޮން ތަހުލީލު ކުރިއިރު، އެ އުފެއްދުމުގައި އަސްކަރިއްޔާއެއްގައި ބޭނުން ކުރާ ފަދަ އެކްސްޕްލޯވިސް ނުވަތަ ތަކެތި ބޭނުން ކޮށްފައި ނުވާ ކަން ފާހަގަ ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެކަމަކު ގޮއްވުމަށް ބޭނުން ކުރާ އާލާތްތައް ބޭނުން ކޮށްފައި އެބަހުރި ކަމަށާއި އޭގެ އިތުރު މައުލޫމާތުތައް ފަހުން އާންމު ކުރާނެ ކަމަށް ރިޔާޒް ވިދާޅުވިއެވެ. އަދި  ގޮއްވާލި އެތީގެ އެނާލިސިސްތައް ހަދަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ރިޔާޒު ވިދާޅުވީ ރޭގެ ހަމަލާ ދީފައިވާ ގޮތަށް ބަލާއިރު އެ ހަމަލާ އަކީ ޓެރަރިޒަމަށް ފެތޭ ހަމަލާއެއް ކަމަށެވެ. އެހެންކަމުން މައްސަލަ ތަހުގީގު ކުރަނީ ޓެރަރިޒަމްގެ މައްސަލައެއްގެ ގޮތުގައި ބަލައިގެން ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ މިއީ ގަސްތުގައި ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ނުރައްކާތެރި ޓެރެރިސްޓް ހަމަލާއެއްކަމަށާއިނމި ހަމަލާގެ ތަހްގިގު ކުރިޔަށްދާތީ މިކަމާގުޅޭ އިތުރު ތަފްސީލްތައް  އަދި ހާމަކުރެވެން ނެތްކަމަށެވެ. ނަމަވެސް މި ހަމަލާއާ ގުޅޭ މައުލޫމާތުތައް ކައިރި ކައިރީގަިއ އަވަހަށް ހާމަކުރަމުން ގެންދާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: