ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެދުއިރުމަތީގެ ހަމަޖެހުމަށް އޮތް ހަމައެކަނި ހައްލަކީ ފަލަސްތީނަށް މިނިވަން ދައުލަތެއް އުފެއްދުމުގެ ޖާގަދިނުން: ސަރުކާރު

ރާއްޖެއަށް ފަލަސްތީނުން ކަނޑައަޅާފައިވާ ސަފީރު ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

އިޒްރޭލުން އިރުުމަތީ ގުދުސްގައި ފަލަސްތީނަށް ދެމުންގެންދާ ހަމަލާތައް ރާއްޖެއިން ކުށްވެރިކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނީ އިޒްރޭލުން އިރުމަތީ ގުދުސްގެ ޝެއިހް ޖައްރާ ޑިސްޓްރިކްޓުގައި އުޅޭ ފަލަސްތީނު މީހުން ގެތަކުން ބޭރު ކުރަން އުޅޭ އުޅުމާއި އަދި އަގްސާ މިސްކިތުގައި ނަމާދަށް ތިބި މީހުންނަށް ހަމަލާ ދިނުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ހިލާފު ކަމެއް ކަމަށާއި އެކަން ކުށްވެރިކުރާ ކަމަށެވެ. އަދި މިފަދަ ކަންކަމަކީ ސަރަހައްދުގެ ހަމަޖެހުން ގާއިމުކުރުމަށް ކުރަމުން އަންނަ މަސައްކަތަށް ހިޔަނި އެޅޭ ކަމެއް ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

މީގެއިތުރުން މެދުއިރުމަތީގެ ހަމަޖެހުމަށް އޮތް ހަމައެކަނި ހައްލަކީ ފަލަސްތީނަށް މިނިވަން ދައުލަތެއް އުފެއްދުމުގެ ޖާގަދިނުމާއެކު އެގައުމުގެ ވެރިރަށުގެ ގޮތުގައި އިރުމަތީ ގުދުސް ކަނޑައެޅުން ކަމަށްވެސް ރާއްޖޭން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.

ގުދުސްގެ އަލް އަގްސާ މިސްކިތް ހުންނަ ސަރަހައްދުގައި ހަމަނުޖެހުންތައް ހިނގާފައިވަނީ މިދިޔަ ހުކުރު ދުވަހުގެރޭ އެތައް ހާސް ބަޔަކު އެ މިސްކިތަށް ނަމާދަށް ހާޒިރުވެފައިވަނިކޮށެވެ. އެގޮތުން އެ ހަމަނުޖެހުންތަކާ ގުޅިގެން އިޒްރޭލް ފުލުހުން ވަނީ ފަލަސްތީނުގެ އާންމުންނަށް ރަބަރު ވަޒަނާއި ސްޓަން ގްރެނޭޑުން ހަމަލާދީފައެވެ. މި ހަމަލާގައި ފަލަސްތީނުގެ 205 މީހަކަށް އަނިޔާވިއިރު އިޒްރޭލްގެ 17 އޮފިސަރަކަށް ވެސް ވަނީ އަނިޔާވެފައެވެ.

މިއާއިއެކު ރާއްޖެއިން އަބަދުވެސް ފަލަސްތީން ރައްޔިތުންގެ ހައްގުގައި ފަސްނުޖެހި ސާބިތުކަންމަތީ އޮންނާނެކަމަށް ރާއްޖެއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: