ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗައިނާގެ ރޮކެޓު ރާއްޖޭގެ ސަރަޙައްދަށް ވެއްޓިއްޖެ!

ޝެއާރކޮށްލާ ކަހަލަދޯ؟

ޗައިނާއިން ޖައްވަށް ފޮނުވާލި ރޮކެޓުގެ ބައެއް ރާއްޖޭގެ ސަރަހައްދަށް ވެއްޓިއްޖެކަމަށް ޗައިނާއިން ބުނެފިއެވެ.

ރާއްޖެއަށް މި ރޮކެޓުގެ ބައެއް ވެއްޓިފައިވަނީ މިއަދު ހެނދުނު ރާއްޖެ ގަޑިން 7:24 އެހާކަށް ހާއިރުކަމަށް ޗައިނާގެ އޮފިޝަލުންވަނީ ވިދާޅުވެފައެވެ. މިރޮކެޓުން ރާއްޖެއާއި ދިމާލަށް ވެއްޓެމުން އައި ބައިގެ ބުރަދަނުގައި 8 ޓަން ހުންނާނެ ކަމަށް ޗައިނާގެ ޖައްވީ އިދާރާއިން ލަފާކޮށް ހާމަކޮށްފައިވެއެވެ. ޗައިނާއިން ޖައްވަށް ފޮނުވާލި ރޮކެޓުގެ ބައި ކޮންޓްރޯލުން ނައްޓައިގެން ދިޔައީ މިދިޔަ ހަފްތާގައި ކަމަށް އެގައުމުގެ ޖައްވި އިދާރާއިންވަނީ ހާމަކޮށްފައެވެ. ޖައްވުން ދޫވެގެން އަންނަ ގިނަ ރޮކެޓްތައް ވެއްޓެނީ ކަނޑަށެވެ. ނަމަވެސް މިފަހަރު ވެއްޓެމުން އައި ރޮކެޓު ބިމުގެ ސަރަހައްދަށް ވެއްޓުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ސައިންޓިސްޓުން ހާމަކޮށްފައިވެއެވެ.

މިކަމާ ގުޅިގެން ދިވެހި އަސްކަރިއްޔާ އިން އަދި އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: