ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްރާއީލުގެ ހަމަލާތަކަށް ފަލަސްތީނުގެ ރައްޔިތުން ދިން ރައްދު: ލައްކައަކަށްވުރެ ގިނަ މީހުން އަޤްސާ މިސްކިތުގައި ތަރާވީސް ކުރި!

ޝެއާރކޮށްލާ ކަހަލަދޯ؟

އިރުމަތީ ގުދުސްގައި ބިރުވެރިކަމާއި ނާމާންކަން ނެތް އިރެއް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ކޮންމެ ދުވަހަކު އެތައް މުސްލިމު އަޙުންނާއި އުޙުތުންގެ ލޭއޮހުވަ މަރަމުން ދެއެވެ. އެތައް މުސްލިމުންތަކެއްގެ ގެދޮރު ބިމާހަމަކޮށް މަގުމަތިކޮށްލައެވެ. ކޮންމެ ދުވަހަކުމެ އެތައް ދަރިންތަކެއް ޔަތީމުކޮށްލައެވެ. އެތައް ބައެއްގެ އިތްފަތްތެރިކަން ފޭރިގަނެއެވެ. އިސްރާއިލްގެ ނުބައި ނުލަފާ އަނިޔާތަކުން ފަލަސްތީނުގެ ދަރިންތަކުގެ ލޭ އޮހޮރުވާނުލާ ހަމަ އެއްމެ ދުވަހެއްވެސް ނުދެއެވެ.

އަމިއްލަ ވަޒަނުގައި ފަލަސްތީނުގެ ރައްޔިތުން ﷲއަށް ޓަކައި ކުރަމުންދާ އަޅުކަން ހުއްޓުވުމަށް އެ ބިން ގަދަކަމުން ފޭރިގަނެގެން ދައުލަތެއް އުފައްދައިގެން އުޅޭ އިސްރާއިލުން ހިންގާ ލާއިންސާނީ އަނިޔާ މި ބަރަކާތްތެރި ރަމަޟާން މަހަށްވެސް މަޑުޖެހުމެއް ނެތެވެ.

ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ގައުމެއްގެ ރައްޔިތުންތަކެއް އެހާ ބިކަ ހާލުގައި ޖައްސާމަންޒަރު ކިތަންމެ ހިތްދަތި ނަމަވެސް އިޒްރާއިލުން ކުރަމުން ގެންދާ އަނިޔާތަކަށް ފަލަސްތީންގެ ލޮބުވެތި މުސްލިމުން ފަހަތަކަށް ނުޖެހެއެވެ. މާތްވެގެންވާ ރޯދަމަހެއްގައި އަޅުކަން ކުރުމަށް ހުރަސްއަޅާ ފަލަސްތީންގެ އަޤްސާ މިސްކިތް ހުންނަ ސަރަހައްދުގައި ހަމަނުޖެހުން ހިންގުމުގެ އިތުރުން ލެ އޮހޮރުވުމާއި ދެމުން ގެންދާ ލާއިންސާނީ އަމަލުތަކަށް ފިޔަވަޅު އަޅާނެ ނުވަތަ މިކަމާ އަޑު އުފުލާނެ ދުނިޔެގެ އެއްވެސް ބާރެއް ނެތެވެ.

މިއަހަރުގެ ރަމަޟާން މަހުގެ އެންމެ ފަހު މާތް ވެގެންވާ ހުކުރު ދުވަހު ފަލަސްތީންގެ އެތައްބަޔަކު އަޅުކަމުގައި ތިއްބައި އިޒްރޭލް ފުލުހުން ވަނީ އަޅުކަމުގައި ތިބި މީހުންނަށް އަމާޒުކޮށް ރަބަރު ބުލެޓާއި ސްޓަން ގްރެނޭޑުން ހަމަލާ ދީފައެވެ. ނަމަވެސް މި ދިން ހަމަލާއަކަށް ޖެހިލުންވުމެއްނެތި އަނެއްކާވެސް ރަމަޟާންމަހުގެ 27 ވިލޭރޭ ލައްކަ އަކަށްވުރެ ގިނަ ފަލަސްތީން މުސްލިމުން ވަނީ ތަރާވީސް ނަމާދުކޮށްފައެވެ. މުސްލިމުން ނިކަމެތި ކޮށްލާ ލޭ އޮހޮރުވާ މިފަދަ އަމަލްތައް ހިންގާތަން ދުނިޔެ ހިމޭނުން އޮންނަ މަންޒަރުބަލަން ދުނިޔެ އޮތަކަސް މިކަމާ ފަލަސްތީނުގެ ރައްޔިތުން ފަހަތަކަށް ނުޖެހެއެވެ. ﷲގެ މަގުގައި ސަބިތުކަންމަތީ ބަޔަކު ދޭނެ ހަމަލާއަކަށް ނުބަލާ 27  ވިލޭރޭގެ މާތް ސަވާބު ހޯދުމުގައި މުޅި ފަލަސްތީން ދެއްކީ މުޅި އުއްމަތަށް މިސާލެކެވެ.

އިޒްރޭލާ ފަލަސްތީނުގެ މެދުގައި ކޮންމެ ރަމަޟާން މަހަކާއި ދިމާކޮށް މަޝްރަހު ގޯސްވެ ކޯޅުން ބޮޑުވާތަން ކޮންމެ އަހަރަކުވެސް ފެނެއެވެ. ހުކުރު ދުވަހު ދިން ހަމަލާ ދީފައިވަނީ އެތައްހާސް މުސްލިމުނެތް އަޅުކަން ކުރަން ޖަމާވެފައި ވަނިކޮށެވެ. ތަކުރާރުކޮށް ފަލަސްތީނުން ދަނީ ޖައްރާ ޑިސްޓްރިކްޓުގައި އުޅޭ ފަލަސްތީނުގެ މީހުން އެތަނުން ނެރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި އަޤްސާ މިސްކިތުގައި ނަމާދަށް ތިބި މީހުންނަށް ދެމުންގެންދިޔަ ހަމަލާ ތަކުގެ މަންޒަރާ ފޮޓޯ ސޯޝަލް މީޑިއާގެ އެކި ތަންތާ ވައިރަލް ވުމުން އިޒްރޭލްގެ ފުލުހުން ކުރަމުންގެންދިޔަ އަނިޔާވެރި އަމަލުތައްފެނި ގިނަ ގައުމު ތަކަކުން މިކަން ކުށްވެރިކޮށް ބަޔާން ނެރެމުންދާއިރު މާތް ވެގެންވާ ރަމަޟާން މަހެއް ކެތްތެރި ކަމާއެކު ވެތުކުރި ހާލަތު އިހްސާސް ކޮށްލެވޭނީ ކިތައް މީހުންނަށް ހެއްޔެވެ؟

މާދަމާ އިރު އަރަން ވާއިރަށް ދުނިޔޭގައި ހުންނާނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތި ފަލަސްތީނުގެ ރައްޔިތުން އިޒްރޭލުން ދިން ހަމަލާއާށް ކެތްތެރިވެ ރޭގައި އެއްޖަމާއަތެއްގައި ލައްކައަކަށްވުރެ ގިނަ މީހުން މަތިވެރިވީ ތަރާވީހުގެ އަޅުކަމުގައި ބައިވެރިވެ ތިބި މަންޒަރު ފެނި އެކަމުން އެތަކެއް އިބުރަތެއް ލިބިގެން ގޮސްފިއެވެ. ހަގީގަތުގައިވެސް ހިތްވަތުގަދަކަމާއި ކެތްތެރިކަމުގެ ލާމަސީލު މިސާލެކެވެ. މުޅި ދުނިޔެއަށް މުޅި އިސްލާމީ އުންމަތަށް ފަލަސްތީނުގެ ރައްޔިތުންގެ ހިއްވަރު އެ ދައްކާލީ ތަރާވީޙު ނަމާދުގެ ޖަމާޢަތުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: