ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަތިޔާރާއެކު ސިފައިން ހަރަކާތްތެރިވުމުން ފަތުރުވެރިންނާއި އާންމުންނަށް ރައްކާތެރިކަން އިހުސާސްވޭ: މިނިސްޓަރ މާރިޔާ

ޝެއާރކޮށްލާ ކަހަލަދޯ؟

ބުރާސްފަތި ދުވަހުގެ ރޭ ރައީސް ނަޝީދުގެ ފުރާނަޅަފުޅު ދުއްވާލުމަށް ދިން ޓެރެރިސްޓް ހަމަލާގެ ސަބަބުން ރާއްޖެ ނުރައްކަލަކަށް ހުށައެޅިފައިވާއިރު މި ހަމަލާ ވަނީ ބޭރު ދުނިޔޭގެ މީޑިއާތަކުގެ ސަމާލުކަމަށް  ވެސް އައިސްފައެވެ.

އެގޮތުން ޑިފެންސް މިނިސްޓަރ މާރިއާ އަހުމަދު ދީދީ މިވަނީ ރާއްޖެގައި ހަތިޔާރާއެކު ސިފައިން ހަރަކާތްތެރިވުމުން އާންމުންނަށް ރައްކާތެރިކަން އިހުސާސްވާނެކަމަށް ވިދާޅުވެ ޓްވީޓްކުރައްވާފައެވެ.

މާރިއާ މިހެން ވިދާޅުވެފައި މިވަނީ2015 ވަނަ އަހަރު ރައީސް ޔާމިންގެ ސަރުކާރުގައި ފިނިފެންމާ ލޯންޗްކޮޅު ގޮއްވާލި ހާދިސާއާއި ގުޅިގެން އޭރު މާލޭގައި ސަލާމަތީ ކަންކަން ވަރުގަދަކުރުމަށް މާލޭގައި ސިފައިން ހަތިޔާރާ އެކީ އުޅުންއެއީ ރައްޔިތުންނާއި އަދި ރާއްޖެއަންނަ ފަތުރުވެރިންވެސް ރާއްޖެއަކީ ރައްކާތެރި ތަނެއްގެ ގޮތުގައި ދެކޭނެތޯ ސުވާލް އުފައްދާނެކަމަށް އޭރުގައި ވިދާޅުވެފައި ވަނިކޮށެވެ. މާރިއާ2015ގައި ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ ހުރިހާ ވަގުތެއްގައި ހަތިޔާރާއެކު ފުލުހުންނާއި ސިފައިން ޕެޓްރޯލް ކުރުމުގައި އުޅެމުންދާ ގައުމަކަށް އަންނަން ބޭނުންވާނެތޯ ސުވާލު އުފައްދާފައެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ބުނެފައިވަނީ ޑިފެންސް މިނިސްޓަރ އޭރުގައި ޓުއަރިޒަމް ބޮއިކޮޓް ކޮށްފާވާކަމަށެވެ.

މިކަމަށް ރައްދު ދެއްވަމުން މިއަދު މާރިއާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެއީ ރާއްޖެގެ ޓުއަރިޒަމް ބޮއިކޯޓް ކުރަން ދެއްކި ވާހަކައެއް ނޫންކަމަށެވެ. ގައުމުގެ ހާލަތާ ގުޅޭގޮތުން ހަތިޔާރާއެކު ސިފައިން ހަރަކާތްތެރި ވުމުން ގައުމަށް އަންނަ ފަތުރުވެރިން ރައްކާތެރިކަން ކަށަވަރުވާނެކަމަށް ކަމަށެވެ. އަދި މިއަދުގެ ހާލަތާ ގުޅޭގޮތުން ހެދި ރިސާރޗްއިން ދައްކާގޮތުން ރާއްޖެ އަންނަ ފަތުރުވެރިން ހަތިޔާރާއެކު ސިފައިން ހަރަކާތްތެރި ވާނަމަ އެކަމުގެ ސަބަބުން ރާއްޖެއަކީ ހަމަހިމޭން ރައްކާތެރި ގައުމެއްކަމަށް ދެކޭކަމަށް ވަނީ ބުނެފައެވެ. ނަމަވެސް މިނިސްޓަރ ވިދާޅުވި ރިސާޗަކީ ކޮންތާކުން ނުވަތަ ކޮން ބަޔަކު ހެދި ރިސާޗެއް ކަމެއް އިނގިފައެއް ނުވެއެވެ.

 

 

ވަރަށް ގަދަ
8%ވަރަށް ގަދަ 17%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 25%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. އަހަރެންގެ ދަރިފުޅު ބުނި ހަތިޔާރު ފެނުނީމަ ބިރުގަނެޔޭ މިސާވޭން ދައްކަނީ ކުދިން ނަފުސާނީވެ ހާސްވާކަމަ،ް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: