ކުރީގެ ބަންޑާރަނައިބު ދިޔާނާ ސައީދު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
ދިޔާނާ ކުރެއްވި ޓްވީޓެއްގައި ވަނީ މިކަން ކަށަވަރު ކޮށްދީފައެވެ. އެގޮތުން ދިޔާނާ ވިދާޅުވީ ގެއިން ނިކުންނަނީ ވަރަށް މަދުން ކަމަށާއި ނިކުންނަ ފަހަރަކު ވެސް ޑަބަލްކޮށް މާސް އަޅާ ކަމަށެވެ. އަދި އަތް ސެނެޓައިޒްކޮށް އަތް އަބަދު އަތް ދޮންނަ ކަމަށާއި ނަމަވެސް ކޮވިޑް ޖެހިއްޖެ ކަމަށެވެ.
”ރައްޓެހިންނޭ، ބަލައިގެން އުޅޭ. އަޅުގަނޑުގެ ދަރިފުޅާއި ކޮއްކޮއަށް ހެޔޮ ދުއާ ކޮށްދީ.“ ދިޔާނާ ވިދާޅުވިއެވެ.
ރާއްޖޭގައި އިންތިހާ ދަރަޖައަކަށް ކޮވިޑް ކޭސްތައް އިތުރުވަމުން އަންނަ އިރު، މިދިޔަ24 ގަޑިއިރު ތެރޭ ވެސް އިތުުރު1204 މީހަކަަށް ވަނީ ބަލި ޖެހިފައެވެ.
މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 37،019 އަށް އަރާފައެވެ.
ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރު އުޅެނީ 10،376 ކޭސް އެވެ. މި ބަލިން 26،547 މީހުން ރަނގަޅުވެފައިވާއިރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 244 މީހަކަށެވެ. މި ބަލީގައި 87 މީހަކު ވަނީ ނިޔާވެފައެވެ.

