ހއ. މުރައިދޫގައި ކޮވިޑް-19 ގެ ބަލީގެ އަލާމާތްތައް ހުރެގެން ފުލޫ ކްލިނިކަށް ދެއްކި މީހަކު ކޮވިޑަށް ޕޮޒިޓިވް ވުމުން އެ ރަށް މޮނިޓަރިންގެ ހާލަތައް ގެނެސްފި އެވެ.
އެރަށުން ޕިޒިޓިވްވި މީހަކީ ކަރަންޓީންގައި ނެތް މީހެއްކަމަށް މައުލޫމާތު ލިބެއެވެ. އެހެންކަމުން އޭނާގެ ފަރާތުން ބަލިޖެހިފައިވާ އެހެން ބަޔަކު ތިބުމުގެ ފުރުސަތު އޮތުމުން ރޭގެ ވަގުތެއްގައި މުރައިދޫއަށް އަރާ ފޭބުން ވަނީ މަނާކޮށްފަ އެވެ.
މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ކޮވިޑް ކޭސްތަކެއް ފެނުމާ ގުޅިގެން ވެސް މުރައިދޫ މޮނިޓަރިން އަށް ލެވުނެވެ.
މިހާރު ޕޮޒިޓިވްވި މީހާއާއި ޑައިރެކްޓް ކޮންޓެކްވި މީހުން ހޯދާ ސާމްޕަލްވަނީ ނަގާފަ އެވެ.
މާލޭގެ އިތުރުން އަތޮޅުތެރޭގައި މި ބަލި ހަލުވި ކަމާއެކު ފެތުރެމުންދާތީ އެޗްޕީއޭއިން ދަނީ ހަރުކަށި ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން މާލޭގައި ހަވީރު ހަތަރަކުން ފަތިހު ހަތަރަކަށް ވަނީ ކާފިއު އިއުލާން ކޮށްފައެވެ. އަދި ކޮވިޑް ފެތުރެމުންދާ ބައެއް ރަށްރަށުގައި ވަނީ ކާފިއު އިއުލާން ކުރެވިފަ އެވެ.
މީގެ އިތުރުން މާލޭގެ އިތުރުން ރާއްޖޭގެ ހުރިހާ ރަށެއް ހިމެނޭހެން މާސްކް އެޅުންވަނީ މަޖުބޫރު ކޮށްފަ އެވެ.

