ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަތީ ތައުލީމުގެ ލޯނު ލިބުނު ދަރިވަރުންގެ ލިސްޓު އާއްމުކޮށް، ޝަކުވާއަށް ހުޅުވާލައިފި

ހަަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ ފަރާތުން 11 ފެބްރުއަރީގައި އިއުލާން ކުރެވުން ރާއްޖެއާއި ރާއްޖޭން ބޭރުން މަތީ ތައުލީމް ހާސިލް ކުރުމަށް ލޯނަށް ހުށައެޅި ފަރާތްތަކުގެ ވަގުތީ ނަތީޖާ އިއުލާން ކޮށްފިއެވެ.

މިއަދު މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ވިދާޅުވީ މި އަހަރު އިއުލާން ކޮށްފައިވާނީ 770 ލޯންގެ ފުރުސަތަށް ކަމަށެވެ. އަދި މި ލޯން ސްކީމަށް ޖުމްލަ 1،776 ދަރިވަރުން ކުރިމަތި ލާފައިވާކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ ވަގުތީ ނަތީޖާ އިއުލާން ކޮށްފައި ވަނީ މިނިސްޓްރީގެ ފަރާތުން ނެރޭ ނަތީޖާއާއި ދޭތެރޭ ދަރިވަރުން ހިތްހަމަ ނުޖެހޭނަމަ އެކަމާ ދޭތެރޭ ރަސްމީކޮށް މިނިސްޓްރީއަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު ދިނުމަށެވެ. އަދި މިކަމާ ދޭތެރޭ އެއްވެސް ޝަކުވާއެއް ވާނަމަ ހަފްތާއެއްގެ ތެރޭގައި މިނިސްޓްރީއަށް ހުށައަޅަން ވާނެ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އެގޮތުން ޝަކުވާ ހުށައެޅުމުގެ އެންމެ ފަހު ތާރީހެއްކަމަށް މިނިސްޓަރ ފާހަގަ ކުރައްވާފައިވަނީ ޖޫން 01 ވަނަ ދުވަހެވެ.

މިނިސްޓަރ ވިދާޅުވެފައި ވަނީ މި އަހަރުގެ ލޯން ސްކީމަށް މުހިއްމު ބަދަލްތަކެއް ގެނެވުނު ކަމަށެވެ. އެގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް ފުރަތަމަ ޑިގްރީއަށް ކިޔަވާ ދަރިވަރުންގެ ޓިއުޝަން ފީ ހިލޭ ކަމަށް ވަނީ ކަނޑައަޅާފައެވެ. އަދި މީގެ އިތުރުން ފުރަތަމަ ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންގެ އެހެނިހެން ހަރަދުތައް ބަލަހައްޓަން ދަތި ތަކާއި ކުރިމަތި ވާކަމަށް އަންނަ ޝަކުވާ ތަކާއެކު މިއަހަރުގެ ލޯން ސްކީމްގެ ތެރޭގައި މިފަދަ ކަންކަން ހިމަނާފައި ވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މައިގަނޑު ދެ ކެޓެރީއަކަށް ބަހާލައިގެން ލޯން ސްކީމް ހުޅުވާލާފައިވާއިރު، ފުރަތަމަ ކެޓެގެރީއަކީ މިހާރުވެސް ތައުލީމް ހާސިލް ކުރަމުންދާ ކުދިންގެ ކެޓެގެރީއާއި މުޅިން އަލަށް ކިޔަވަންފަށާ ކުދިންގެ ކެޓެގެރީއެވެ.

ސްޓޫޑެންޓް ލޯންގެ ދަށުން ކިޔެވުން ފެށުމަށް މިނިސްޓްރީން މިއަހަރު 18 މަސް ދުވަހުގެ މުއްދަތެއް ދިނުމަށް ނިންމާފައި ވާކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އެހެން އަހަރު ތަކުގައި 12 މަސް ދުވަހުގެ މުއްދަތެއް ދިންނަމަވެސް މިފަހަރު މުއްދަތު އިތުރު ކޮށްފައިވަނީ ކޮވިޑްގެ ޕެންޑެމިކާ ގުޅިގެން ކިޔެވުމަށް އަރާފައިވާ ބުރުތަކާއެކުކަމަށް މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ.

މިއަދު ވަގުތީ ނަތީޖާ އިއުލާން ކޮށްފައިވަނީ ސަރުކާރުން އާއްމުކުރި އެެކި ކެޓެގަރީ ތަކުގެ 417 ދަރިވަރުންގެއެވެ. އަދި ލޯން ސްކީމްގެ ދާއިމީ ނަތީޖާ ޖޫން 10ވަނަ ދުވަހު ހާމަކުރާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިހާރު ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ ދަރިވަރުންނަށް ސަރުކާރުގެ ފަރާތުން ފައިސާ ފޯރުކޮށްދިނުމަށް ނުވަތަ ޖަމާކުރުމަށް ލަސްތަކެއް ނުވަތަ ދަތިތަކެއް ހުންނަކަމަށް ބުނެ ނޫސްވެރިޔަކު ކުރެއްވި ސުވާލް މިނިސްޓަރ ވަނީ ދޮގުކޮށްފައެވެ. މިނިސްޓަރ މިކަމާ ގުޅޭގޮތުން ވިދާޅުވެފައި ވަނީ ދަރިވަރުންނަށް މިހާލަތުގައިވެސް ފައިސާ ފޯރުކޮށްދިނުމަށް އެއްވެސް ދައްޗަކާ ކުރިމަތި ނުވާނެ ކަމަށެވެ. ނަމަވެސް ވަކި ވަކި ދަރިވަރުން ހުށައަޅަންޖެހޭ ލިޔެކިޔުންތައް ހުށައެޅުމުގައި ލަސްތަކެއް ވެއްޖެނަމަ ފައިސާ ފޯރުކޮށްދިނުމުގައި ދަތިތަކެއް ހުރެދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: