ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަސްގެފާނު ހަސަން ނޫރައްދީންގެ ދަރިކަލުން މުހައްމަދު ނޫރައްދީން އަވަހާރަވެއްޖެ

ރަސްގެފާން އައްސުލްތާން ހަސަން ނޫރައްދީންގެ ދަރިކަލުން މުހައްމަދު ނޫރައްދީން—
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ރަސްކަން ކުރައްވާފައިވާ އައްސުލްތާން ހަސަން ނޫރައްދީންގެ ރަދުންގެ ދަރިކަލުން މުހައްމަދު ނޫރައްދީން މިއަދު އަވަހާރަވެއްޖެ އެވެ.

އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއް ވުމަށްފަހު، އަމީރް މުހައްމަދު ނޫރައްދީން އަވަހާރަވީ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.

މުހައްމަދު ނޫރައްދީންގެ ބައްޕާފުޅަކީ 1935 އިން 1943 ރާއްޖޭގެ ރަސްކަން ކުރެއްވި ހަސަން ނޫރައްދީން (ދެވަނަ) އެވެ. ރަސްކަމަށް އިސްވެވަޑައިގެންނެވީ، އޭގެ ކުރިން ރަސްކަން ކުރެއްވި މުހައްމަދު ޝަމްސުއްދީން ރަދުން (ތިން ވަނަ)ގެ ރަސްކަމަށް 1935 ވަނަ އަހަރު ނިމުން އައުމާއެކު 1935 ފެބްރުއަރީ 21ވަނަ ދުވަހުއެވެ.

ދައުލަތަށް ކުރައްވާފައިވާ އުގުހުރި ޚިދުމަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން، މުހައްމަދު ނޫރައްދީނަށް ސަރުކާރުންވަނީ ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަމުގެ ލަގަބު 2011 ވަނަ އަހަރު އަރުވާފައެވެ.

މުހައްމަދު ނޫރައްދީން ވަނީ މެދުނުކެޑި 53 އަހަރު ދައުލަތަށް ހިދްމަތް ކުރައްވާފައެވެ.

1954 ޖުލައި 25 ވަނަ ދުވަހު ވުޒާރަތުއް ތިޖާރާ ވައްތަމްވީނުގެ ކާތިބުކަމުން ސަރުކާރުގެ ޚިދްމަތް ފެއްޓެވި ނޫރައްދީން ވަނީ ވުޒާރަތުލް އަވްގާފުގެ ސެކްރެޓަރީ ކަމާއި މަޙްކަމަތުލް ޚާރިޖިއްޔާގެ ސެކްރެޓަރީ ކަމާއި، މީޓިއޮޮރޮލޮޖިކަލް އޮފީހުގެ ވެރިޔާކަމާއި، މުނިސިޕަލްޓީގެ ރައީސްގެ ނައިބު ކަމާއި، މުނިސިޕަލް ކައުންސިލަށް ދާޚިލިއްޔާ އިން ޢައްޔަންކުރި މެންބަރުކަން ހިމެނެއެވެ.

މީގެ އިތުރުން ވަޒީރުލް އައުޒަމްގެ އޮފީހުގެ ހާއްސަ ވަކީލު ކަމުގެ މަގާމާއި، މިނިސްޓްރީ އޮފް ޓްރޭޑް އެންޑް ޑިވެލޮޕްމަންޓުގެ ހާއްސަ ވަކީލު ކަމުގެ މަގާމާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ވަކީލު ކަމުގެ މަގާމާއި، ޑިޕާޓްމަންޓް އޮފް ފިނޭންސްގެ ވަކީލު ކަމުގެ މަގާމާއި، ނައިބު ކަމުގެ މަގާމު ވެސް އަދާކުރެއްވި އެވެ. މި ވަޒީފާތަކުގެ އިތުރުން މިނިސްޓަ އޮފް ހޯމްއެފެއާޒްގެ ނައިބު ކަމުގެ މަގާމާއި، މިނިސްޓަ އޮފް އެޑިޔުކޭޝަންގެ ނައިބު ކަމުގެ މަގާމާއި، ޑެޕިއުޓީ މިނިސްޓަ އޮފް ސްޓޭޓް ފޮ ރިލިޖަސް އެފެއާޒް ކަމުގެ މަގާމު ވެސް އަދާކުރެއްވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ނ. އަތޮޅުގެ މެންބަރުކަމާއި، ދ. އަތޮޅުގެ މެންބަރުކަމާއި، ގއ. އަތޮޅުގެ މެންބަރުކަން ވެސް އެ މަނިކުފާނު އަދާކުރެއްވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: