ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝައުނާއަށް އެ ދިމާވަނީ އޭރު އަޅުގަނޑަށް ދިމާވި ހާލަތު: މަލީހު

ޝެއާރކޮށްލާ ކަހަލަދޯ؟

އެންވަޔަރމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ މިނިސްޓަރު އައިމިނަތު ޝައުނާއަށް މިހާރު ދިމާވަމުން އެ ދަނީ ކުރިން މަލީހް މަގާމުގައި ހުރި އިރު އޭނާއަށްވެސް ދިމާވި ހާލަތު ކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

މަލީހް މިހެން ވިދާޅުވީ އިންޓަނެޓްގެ އަގު ހެޔޮކުރުމަށް ބާއްވާ ރަސްމިއްޔާތު ދެވަނަ ފަހަރަށް ފަސްވުމާގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

މަލީހްގެ ވިދާޅުވެފައިވަނީ، މިއަދު 10:00 ގައި އިއުލާނު ކުރަންބުނި އިންޓަނެޓްގެ ހެޔޮ އަގު އަދިވެސް އިއުލާނު ނުކުރެވޭކަމަށާއި މިނިސްޓަރ ޝައުނާއަށް ވެސް މިހާރު ދިމާވަމުން އެދަނީ އޭގެ ކުރީގައި އޭނާއަށް ދިމާވި ހާލަތުކަން ފާހަގަކޮށް މަލީހް ވިދާޅުވެފައިވަނީ ހުރިހާ ކަމެއް ނިމުމުންވެސް ފައިނަލް ޑިސިޝަން ނަގަންޖެހޭ ފަރާތަށް އެކަން ކުރަން ނުކެރޭ ކަމަށެވެ.

މަލީހު މިނިސްޓަރުގެ މަގާމުން ވަކި ކުރި ސަބަބުތަކުގެ ތެރޭގައި އިންޓަނެޓުގެ އަގު ހެޔޮ ނުކުރުން ހިމެނެ އެވެ. އަދި އެކަމަށް ހަދަން ޖެހޭ ބާއެއް ގަވައިދުތަކުގެ މައްސަލަ ފެންމަތި ކުރި އެވެ.

އެކަމަށް ރައްދު ދީ މަލީހު ވިދާޅުވީ، އިންޓަނެޓުގެ އަގު ހެޔޮ ކުރަން ހުރިހާ މަސައްކަތްތަކެއް ނިންމާ ރައީސް އޮފީހަށް ވެސް ފޮނުވި ކަމަށެވެ.

އިންޓަނެޓްގެ ހެޔޮ އަގުތައް ޓެކްނޮލޮޖީ މިނިސްޓްރީން ފުރަތަމަ އިއުލާނު ކުރާގޮތަށް ހަމަޖެހިފައި އޮތީ އިއްޔެއެވެ. އެހެންނަމަވެސް އެ ރަސްމިއްޔާތު މިއަދު ހެނދުނު 10:00 އަށް ފަސް ކުރުމަށް ފަހު އަނެއްކާވެސް އެ ރަސްމިއްޔާތު މިވަނީ ފަސްކޮށްފައެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، އިންޓަނެޓުގެ އަގުތައް ހެޔޮ ކުރުމާއި ގުޅޭގޮތުން ސަރުކާރުގެ ސިޔާސަތުތައް އަންނަ ބުރާސްފަތި ދުވަހުގެ 10:00 ގައި އިއުލާނު ކުރާނެ ކަމަށެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 67%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: