ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާ ކާގޯ ފެރީގެ ހިދުމަތް މެދުކެނޑުމެއްނެތި ދަނީ ކުރިޔަށް: އެމްޕީއެލް

ފޮޓޯ-އެމްޕީއެލް
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ އަހަރުގެ ސެޕްޓެމްބަރު 28 ވަނަ ދުވަހު ފެށި ރާއްޖެއާއި އިންޑިއާ ދެމެދުގެ ކާގޯ ފެރީގެ ހިދުމަތް މެދުކެނޑުމެއްނެތި ކުރިޔަށް ދާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އެމްޕީއެލް އިން ބުނެފި އެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކޮންޓެއިނަރތައް ފެރީއިން އުފުލާއިރު، ކޮންމެ މަހަކު އެއްފަހަރު ނުވަތަ 2 ފަހަރު ފެރީ ރާއްޖެ އަންނަކަމަށް އެމްޕީއެލްގެ ސްޕޯކްސް ޕާސަން ދާނިޝް ނިޒާމް ވިދާޅުވިއެވެ. ބައެއް ފަރާތްތަކުން އެ ހިދުމަތް ހުއްޓުފައިވާކަމަށް ވާހަކަ ދައްކާކަން މީސް މީޑިއާގައި ފާހަގަކުރެވިގެން ދިޔަ ކަމަށާއި، އެހެންނަމަވެސް ފާއިތުވި 3 މަހުގައިވެސް ޖުމްލަ 20 ފޫޓުގެ 309 ކޮންޓެއިނަރ އެކި ބަނދަރުތަކަށް ބާލައި ލޯޑްކޮށްފައިވާކަމަށް ވަނީ ބުނެފައެވެ. އަދި މީގެ އިތުރުން 2624.47 ފްރެއިޓް ޓަނުގެ ޖެނެރަލް ކާގޯ ރާއްޖެ ގެނެސްފައިވާ ކަމަށާއި މި ހިދުމަތުގައި ވިޔަފާރިވެރިންގެ ބޮޑު ތަރުހީބެއް ލިބޭކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ފެށި މި ހިދުމަތް ކޮވިޑް-19ގެ މި ދަތި އުނދަގޫ ހާލަތުގައިވެސް މެދުކެނޑިފައިނުވާ ކަމަށާއި އަދި މި ހިދުމަތް މިހާރަށް ވުރެން ރަނގަޅަށް ފޯރުކޮށްދިނުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުންދާކަމަށް އެމްޕީއެލްއިން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: