ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފިނޮޅަށް ގެއްލުންދިނުމުން ގިލިލަންކަންފުށި ރިސޯޓު ފަސްލައްކަ ރުފިޔާ އިން ޖޫރިމަނާ

ހިންމަފުށީ ކައިރީގައި އޮތް ފިނޮޅަށް އަރައި އެތަނަަށް ގެއްލުންދީފައި—
ޝެއާރކޮށްލާ ކަހަލަދޯ؟

ކ. ހިންމަފުށްޓާއި ގިލި ލަންކަންފުށި މޯލްޑިވްސް ރިޒޯޓާއި ދެމެދު އޮންނަ ފިނޮޅަށް ގިލި ލަންކަންފުށި މޯލްޑިވްސް ރިޒޯޓުގެ މުވައްޒަފުންތަކެއް އަރައި ގެއްލުންދިން މައްސަލައިގައި އެ ރިސޯޓު ފަސް ލައްކަ ރުފިޔާ އިން ޖޫރިމަނާ ކުރަން އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ނިންމައިފިއެވެ.

އެންވަޔާމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޖަނަވަރީ 21، 2021 ގައި ކ. ހިންމަފުއްޓާއި ގިލި ކަންކަންފުށި މޯލްޑިވްސް ރިސޯޓާ ދެމެދު އޮންނަ ފިނޮޅަށް އެ ރިސޯޓްގެ މުވައްޒިފުންތަކެއް އަރައި އެ ފިނޮޅުގެ ހުރަހަށް ފެން ދައުރުވާނެ ގޮތަށް ފަސްގަނޑު ކޮނެ ފިނޮޅުގެ ވެލިގަނޑު ގިރައިގެންދާނެ ގޮތަށް ކޯރު ކަނޑާފައިވާ ކަމަށެވެ. ފިނޮޅުގެ ތިން ސަރަހައްދަކުން ކޯރު ކަނޑާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން ކަނޑައެޅިފައިވާ ޖޫރިމަނާގެ އަދަދު ކަމަށްވާ 5،62،980 ރުފިޔާ 30 ދުވަސްތެރޭ އީޕީއޭއަށް ދައްކަން އަންގާފައިވާ ކަމަށްވެސް ބުނެފައިވެއެވެ. އަދި އެ އެންގުން މި މަހުގެ 27 ވަނަ ދުވަހު އެ ރިސޯޓަށް އަންގާފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.

ގިލިލަންކަންފުށި މުވައްޒިފުން އެ ވެލިގަނޑަށް ގެއްލުން ދިނީ ހިންމަފުށީ މީހުން އަދި ބައެއް އެހެން ރަށްރަށުގެ މީހުން އެތަނަށް ޕިކުނިކުގޮސް ހަދާތީ ފަތުރުވެރިންނަށް އުނދަގޫވާ ކަމަށް ބުނެ އެވެ. ވެލިގަނޑު ހަލާކުކޮށްލަން އެ ރިސޯޓުން ދިޔަ ޓީމުގައި އޭރުގެ ޖެނެރަލް މެނޭޖަރު ޑޭވިޑް ސްޓެޕެޓިކްވެސް ހުއްޓެވެ. އެ މައްސަލާގައި ޖެނެރަލް މެނޭޖަރު ރާއްޖެއިން ފުރުން ވެސް ވަނީ މަނާކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: