ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 1000 އިން ދަށްވެއްޖެ

ފޮޓޯ_ދި ޑެއިލީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އަަށް މިއަދު އިތުރު 780 މީހަކު ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިން ހާމަކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ހޮނިހިރު ދުވަހުގެ އިރުއޮއްސި ހަޔަކުން ފެށިގެން މިއަދުގެ އިރުއޮއްސި ހަޔަކާ ހިސާބަށް ރާއްޖެއިން އިތުރު 780 މީހަކަށް ވަނީ ކޮވިޑް ބަލިޖެހިފައެވެ. މީގެ ތެރޭގައި މިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 571 މީހަކާ އަތޮޅުތެރޭގެ ރަށްރަށުން ޕޮޒިޓިވްވި 205 މީހެއްގެ އިތުރުން ސިނާއީ މަސައްކަތް ކުރަމުންދާ ރިސޯޓްތަކުން ޕޮޒިޓިވްވި ހަތަރު މީހެކެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދު މިވަނީ 63،689 ކަށް އަރާފައެވެ. އަދި މިހާރު ރާއްޖޭގައި މިބަލިޖެހިގެން ފަރުވާ ހޯދާ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 24،356 އަށް އަރާފައެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެތެރޭގައި 1،081 މީހުން ވަނީ ކޮވިޑް-19 ބަލިން ރަނގަޅުވެފައެވެ. މިއާއެކު ބަލިން މުޅިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދުވަނީ 39،314 އަށް އަރާފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޮވިޑަށް ޓެސްޓްކުރުމަށްޓަކައި 4،356 ސާމްޕަލެއްވަނީ  ނަގާފައެވެ. ކޯވިޑް ބަލީގައި ރާއްޖެއިން މިހާތަނަށް 158 މީހުންވަނީ ނިޔާވެފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: