ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީނަކީ ކެބިނެޓުން ޒުވާނުންނަށް ފުރުސަތު ދެއްވި، ”މީހުން މީހުންނަށް“ ހެދި ލީޑަރެއް!

ޕީއެންސީ ޕީޖީ ލީޑަރު އާދަމް ޝަރީފް އުމަރު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީނަކީ ކެބިނެޓުން ޒުވާނުންނަށް ފުރުސަތު ދެއްވި، ”މީހުން މީހުންނަށް“ ހެދި ލީޑަރެއް ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީނަށް ތައުރީފް ކުރައްވައި އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާ ސިޔާސީ މައިދާނަށް ނެރެދެއްވީ ރައީސް ޔާމީން ކަމަށާއި އެއީ ހަރުދަނާ ސިޔާސީ ލީޑަރުންތަކެއް އުފެއްދި، ކެބިނެޓުން ޒުވާނުންނަށް ފުރުސަތު ދެއްވި، ”މީހުން މީހުންނަށް“ ހެދި ލީޑަރެއް ކަމަށެވެ.

”ސިޔާސީ މައިދާނުގައި ފިޔަޖަހަމުންދާ ގިނަ ތަރިންނަކީ ރައީސް ޔާމީން އޮފުދާރު ކުރެއްވި، ދިހުން ގެނެސްދެއްވި ތަރިން!“ އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވިއިރު، ރައީސް ޔާމީން ކޮށްދިން ކަމެއް ނެތް ކަމަށް ވިދާޅުވެ ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ފާޑު ވިދާޅުވާ އޯޑިއޯ އެއް ވަނީ ލީކުވެފައެވެ.

ސޯޝަލް މީޑިއާގައި ލީކުކޮށްލާފައިވާ އެ އޯޑިއޯގައި ޝައިނީ އެހެން މީހެއްގެ ގާތުގައި ވިދާޅުވީ ރާއްޖޭގެ ތާރީހުގައިވެސް ކެބިނެޓް މިނިސްޓަރުންނާއި މެދު އެންމެ އިހާނެތިކޮށް ހެދީ ޔާމީން ކަމަށާއި ކެބިނެޓުގައި ތިބި ފަރާތްތަކަށް ލިބުނު އެއްވެސް އެއްޗެއް ނެތް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: