ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިހާލަތުގައި ދުންފަތުގެ އިސްތިއުމާލުކުރުން ފަދަ ނުބައި އާދަތަކާއި ދުރުހެލިވަމާ: ރައީސް

ރައީސް އިބްރާޙިމް މުޙައްމަދު ޞާލިހް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި ކޮވިޑް 19 ވައިރަސް ހަލުވިކަމާއިއެކު ފެތުރެމުން ދާ މިދަނޑިވަޅުގައި ދުންފަތުގެ އިސްތިއުމާލުކުރުން ފަދަ ނުބައި އާދަތާކާއި ދުރުހެލިވެ ތިބުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިލްތިމާސްކުރައްވައިފިއެވެ.

އެގޮތުން ރައީސް ޞާލިހް އެފަދައިން ވިދާޅުވީ، ދުނިޔޭގެ މި އަހަރުގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ މުނާޞަބާގައި ދިވެހި ގައުމާއި މުހާތަބުކުރައްްވައި ފޮނުއްވި ހިތާބުގައެވެ. އެގޮތުން ރައީސް ޞާލިހް ވިދާޅުވީ ކޮވިޑް 19 ގެ ސަބަބުން ގިނަ ބައެއްގެ މާލީ ހާލަތު ވަރަށް ބޮޑަަށް ދަށަށް ގޮސްފައިވާ މި ދަނޑިވަޅުގައި މަސްތުވާތަކެތީ އިސްތިއުމާލުކުރުން ފަދަ އިސްރާފުތައް ކުރުން ހުއްޓާލަން ޖެހޭ ކަމަށެވެ.

އެމަނިކުފާނުގެ ހިތާބުގައި ވަނީ ދުންފަތުގެ އިސްތިޢުމާލުކުރުމާ ކޯވިޑް-19 އަކީވެސް ފުއްޕާމެޔާ ނޭވާލާ ނިޒާމު ބަލިކޮށްލާ ކަމަކަށްވާއިރު، ދުންފަތުގެ އިސްތިޢުމާލުކުރާ މީހުން ކޯވިޑް-19އަށް ހުށަހެޅިއްޖެ ނަމަ އެކަމުގެ ހުރި ނުރައްކާތެރިކަން ފާހަގަކުރައްވައި ކަމާގުޅުންހުރި ބައެއް ތަފާސް ހިސާބުތަކުގެ މައްޗަށްވެސް އަލިއަޅުވާލައްވައިފައެވެ. މީގެ އިތުރުން ރައީސް ވަނީ ދުންފަތުގެ ނުރައްކާތެރިކަމާމެދު ރައްޔިތުން ހޭލުންތެރިކޮށް، އެ ވަބާއިން ރައްޔިތުން ސަލާމަތް ކުރުމަށް، އެކި ގޮތްގޮތުން މަސައްކަތް ކުރައްވާ ބޭފުޅުންނާއި އެންމެހާ ދިވެހި ރައްޔިތުންނަށް ހެޔޮއެދުންތައް ފޮނުވާފައެވެ.

ރާއްޖޭގައި މިދުވަސްކޮޅު ނުރައްކާތެރި ކޮވިޑް 19 ވައިރަސް ވަރަށް ހަލުވިކަމާއިއެކު ފެތުރެމުން ދާތީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން ވަނީ ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށްޓަކައި މާލޭ ސަރަހައްދާއި ރާއްޖެތެރޭގައި ހަރުކަށި ފިޔަވަޅުތަކެއް ވެސް އަޅާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: