ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކިތަންމެ ގާނޫނެއް ހެދިޔަސް މުންކަރާތް މަނާ ކުރުން ހުއްޓައެއް ނުލެވޭނެ: ޒައިދު

ވަޒީފާގެ ބޮރު ދެއްކިޔަސް ފަހަތަކަށް ނުޖެހޭނެކަމަށް އަލީ ޒައިދު ވިދާޅުވެއްޖެ. ފޮޓޯ:ފޭސްބުކް
ޝެއާރކޮށްލާ ކަހަލަދޯ؟

ކިތަންމެ ޤާނޫނެއް ހެދިޔަސް މުންކަރާތް މަނާ ކުރުން ހުއްޓައެއް ނުލެވޭނެ ކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝެއިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޒައިދު މިހެން ވިދާޅުވެފައި މިވަނީ މުސްލިމަކަށް ކާފަރެއްގެ ތުހުމަތު ކުރުން ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް، ޤާނޫނުލްޢުޤޫބާތު އަށް އިޞްލާޙު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން ޝެއިޚް ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނަފްރަތު އުފެއްދުމޭ ކިޔައިގެން މި ކުޅެން އުޅޭ ކުޅިވަރު އެބައެނގޭ ކަމަށާއި މުންކަރާތްތައް ހިންގާ ފަރާތްތަކަށް ފޭވާކޮށް ކިތަންމެ ޤާނޫނެއް ހެދިޔަސް މުންކަރާތް މަނާ ކުރުން ހުއްޓައެއް ނުލެވޭނެ ކަމަށެވެ.

އެއީ އެއްވެސް ހާލެއްގައި ހަނިކުރެވޭނެ ކަމެއް ނޫން! ބިރު ނުދައްކާ އިސްލާމީ އުސޫލުތަކަށް އިހްތިރާމް ކުރައްވާ!“ ޝެއިޚް ޒައިދު ވިދާޅުވިއެވެ.

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އާއްމު ތަނެއްގައި މުސްލިމަކަށް ކާފަރެއްގެ ކަމުގެ ތުހުމަތު ކުރުމަކީ ކުށެއް ގޮތުގައި ކަނޑައަޅައިދީ ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް މަޖިލީހަށް ބިލެއް ހުށަހަޅާފައިވަނީ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިނެވެ.

އެގޮތުން ސަރުކާރުގެ ފަރާތުން މަޖިލީހަށް ހިސާން ހުށަހެޅުއްވި އެ ބިލްގައި ގާނޫނުލްއުޤޫބާތަށް 124 ވަނަ މާއްދާ އަށް ކަންތައްތަކެއް އިތުރު ކުރުމަށް ވަނީ އެދިފައެވެ. ހިސާން ހުށަހެޅުއްވި ބިލްގައި ފުރަތަމަ ކަމެއްގެ ގޮތުގައި އޮތީ އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމް ދީނާއި ހިލާފަށް ނުވަތަ އިސްލާމް ދީނާއި ހިލާފު މީހެއް ކަމަށް ތުހުމަތު ކުރުމަކީ ކުށެއް ކަމަށް ކަނޑައަޅައި ދިނުމަށެވެ.

ބިލުގައި ބުނެފައިވަނީ އެއީ ޖުނަހުގެ އެއްވަނަ ދަރައިގެ ކުށެއް ކަމަށެވެ. ގާނޫނުލްއުގޫބާތުގައި ވާގޮތުން ޖުނަހުގެ އެއްވަނަ ދަރަޖައިގެ ކުށަކަށް އެންމެ ބޮޑު އަދަބަކަށް އަންނާނީ އެއް އަހަރުގެ ޖަލު ހުކުމެކެވެ. މީހެއްގެ ނަސްލަށާއި، އުފަންވީ ގައުމަށް ނުވަތަ ކުލަޔަށް ބަލައި، އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުމާއި، ބައިވެރިވުމާއި ރޭވުމަކީ ވެސް ކުށެއް ކަމަށް އެ އިސްލާހުގައި ބުނެފައިވެއެވެ. އެފަދަ އަމަލެއް ހިންގައިގެން މީހެއްގެ ފުރާނަ ގެއްލިއްޖެނަމަ، އެ މީހަކަށް މަރުގެ އަދަބު ނޫނީ އުމުރަށް ޖަލަށް ލުމުގެ އަދަބު އެ އިސްލާހުގައި ވަނީ ކަނޑައަޅައިފައެވެ.

މުސްލިމަކު ކާފަރުކޮށް އެ މީހާއާމެދު އަނިޔާވެރި ވުމަށް ހިތްވަރުދީ ނުވަތަ އެކަމުގައި ބައިވެރިވެ އަދި އަނިޔާއަށް ދިނުމަށް ރޭވުމަކީ ޖިނާޔަތުގެ ފަސްވަނަ ދަރަޖައިގެ ކުށަކަށް ހަދަން ވެސް ބިލުގައި ވަނީ ހިމަނައިފަ އެވެ. އެ ދަރަޖައިގެ ކުށަކަށް އެންމެ ގިނަވެގެން އަންނާނީ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: