ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަރުވި ޒުވާނާ އާއިލާއަށް ހަބަރެއް ނުވާތާ ފަސް ދުވަސް، ކޮޓަރި ބަލާލީ ކުނިވަސް ދުވާވަރުން!

ޝެއާރކޮށްލާ ކަހަލަދޯ؟

ގަލޮޅު ގެއެއްގައި މަރުވެގެން ކުނިވެފައި އޮއްވާ ފެނުނު ޒުވާނާގެ ޚަބަރެއް ނުވާތާ ފަސް ދުވަސް ވެފައިވާކަމަށް އާއިލާއިން ބުނެފިއެވެ.

އާ ސަހަރާ ކައިރީގައި ހުރެގެން އާއިލާއިން ވާހަކަ ދެއްކި މީހަކު ބުނީ މަރުވި ޒުވާނާގެ ހަބަރު ނުވެ ބައެއް ފަހަރު ދެ ހަފުތާ ދުވަސްވެސް ވާކަމަށެވެ.

މަރުވި ޒުވާނާއަކީ މާލެއަށް އުފަން މީހެއްކަމަށާއި އޭނާ މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅޭ ކޮޓަރީގައި ކަމަށް ސަންގަށް ވަނީ ކަށަވަރުވެފައެވެ.

އާއިލާއިން ބުނީ ގޯޅިގަނޑުން ކުނިވަސް ދުވާތީވެ، ފުރަތަމަ ހީކުރީ ބުޅަލެއް ނުވަތަ މީދަލެއް މަރުވެގެން ކުނިވީ ކަމަށެވެ. ނަމަވެސް ވަސްގަދަ ވާން ފެށުމުން ކޮޓަރި ބަލާލި އިރު ކޮއްކޮ އޮތީ މަރުވެ ކުނިވެފައިކަމަށްވެސް އޭނާ ކިޔާދިނެވެ.

ކޮޓަރި ހުރީ ތަޅު ނުލާކަމަށާއި، ކޮޓަރި ތަޅު ނުލާ ކޮއްކޮ އެއްގޮތަކަށްވެސް ކޮޓަރީގައި މީގެކުރިން އުޅެފައިނުވާ ކަމަށްވެސް އާއިލާއިން މައުލޫމާތު ދިނެވެ.

މައްޔިތާ މިހާރުވަނީ އާ ސަހަރާއަށް ގެނެސްފަައެވެ. ފޮރެންސިކް ފުލުހުން ދަނީ އާސަހަރާގައި ހަރަކާތްތެރިވަމުންނެވެ.

ވަރަށް ގަދަ
10%ވަރަށް ގަދަ 5%ވަރަށް ގަޔާވޭ 4%ބޮޑު ޖޯކެއް 3%ހައިރާންވެއްޖެ 72%ވަރަށް ދެރަ 6%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

6 Responses

  1. ހައިރާންވީ ގޭ މީހުން އުޅެ ތިމާގެ އަހާގެ ހާލު ބަލާނުލާވަރު ފެނުނީމަ. ކައިފިތޯ ނުކައިތޯވެސް . ޕިސް ޕިސް

  2. ސުޙާނައްﷲ.. އެއްގެއެއް ގަ އުޅޭއިރު ހާލަތު. ވަރައް ލޯބިވާ ކޮއްކޮއެއް ދެއްތޯ. 5ދުވަސް. ބުނާނެއެއްޗެއްނެއް.

  3. ކޮއްކޮއޭ.. ކޮއްކޮ ކޮބައިތޯނުބެލުނު މީހަކު ކޮއްކޮއޭ ކިޔަން ލަދެއްނުގަނޭތަަ

  4. ބަރަހަނާކޮށް ތަޅުނުލަ އޮތީ ކިއްވެބަ؟ތަހުގީގު ކުރަން ޖެހޭ

  5. ކޮށްކޮގެވާހަކަ ތިދެއްކީ ކުނިވަސްދުވީމަ އޭގެކުރީ ކޮއްކޮ ކޮބާ ؟؟؟؟؟؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: