ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަލަފް ޖަމިއްޔާއިން ހިސާންގެ ބިލާ ދެކޮޅަށް ނިކުމެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ގާނޫނުލް އުގޫބާތުގައި ހިމެނޭ ނަފްރަތުގެ އަމަލު ހިންގުމުގެ ބަޔަށް އިތުރު މާއްދާތަކެއް އިތުރު ކުރުމަށް ހުށަހެޅި ބިލާ ދެކޮޅަށް ސަލަފް ޖަމިއްޔާއިން ތެދުވެއްޖެއެވެ.

ސަލަފް ޖަމިއްޔާއިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ރައްޔިތުން މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށައަޅާފައިވަނީ ދީނީހޭލުންތެރިކަން ހަނިކޮށް މަނާކުރުމަށް ފަރުމާކޮށްފައިވާ ބިލެއް ކަމަށެވެ. އެ ބިލާ ގުޅިގެން ސަލަފުން އިސްވެ ރާއްޖޭގެ އެކިކަން ކޮޅުތަކުގައި ތިއްބެވި 30 އަށްވުރެ ގިނަ އިލްމުވެރީންނާއެކު މަޝްވަރާކޮށްފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.

ސަލަފުން ބުނީ އިލްމު ވެރިންނާއެކު ބޭއްވުން މަޝްވަރާގައި އެންމެ ފުޅާ ދާއިރާއެއްގައި އެ ބިލުގެ ނުރައްކާތެރިކަމާމެދު ހޭލުންތެރިކަން އިތުރުކޮށް އާއްމުންނަށް ހަގީގަތް ސާފުކޮށްދިނުމަށާއި އެ ބިލު އެ އޮތްގޮތަށް ފާސް ނުކުރުމަށް އެންމެހާ ދާއިރާއެއްގެ މަޖިލީހުގެ މެމްބަރުންނަށް އިލްތިމާސްކޮށް މައުލޫމާތު ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ. މި ބިލުގެ ސަބަބުން ގާނޫނު އަސާސީގެ 27 ވަނަ މާދާއިން ލިބިދޭ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގަށް ހުރަސް އެޅޭނޭ ކަމުގައިވެސް ބައްދަލުވުމުގައި ބައިވެރިވި ބައެއް ބޭފުޅުން ވިދާޅުވި ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ސަރުކާރުން ހުށައަޅުއްވާފައިވާ ބިލުގެ ނުރައްކާތެރިކަމާއި ދީނީ ނަސޭހަތްދިނުމަށް އޭގެ ސަބަބުން އެޅިގެންދާނެ ހުރަސްތަކާމެދު ފުޅާ ދާއިރާއެއްގައި ވާހަކަ ދެކެވި ސަލަފުންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

 

ވަރަށް ގަދަ
43%ވަރަށް ގަދަ 14%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 43%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: