ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދަކަށްވެސް ކޮމިޓީގެ މަސައްކަތަށް ނުފޫޒެއް ނުފޯރުވޭނެ: އަސްލަމް

ކުރީގެ ރައީސް ނަޝީދު، އަސްލަމްއާ ސަލާމް ކުރައްވަނީ— ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް މުހައްމަދު ނަޝީދަކަށްވެސް ކޮމިޓީގެ އިންކުއަރީގެ މަސައްކަތަށް ނުފޫޒު ނުފޯރުވޭނެ ކަމަށް 241 ވަނަ ކޮމެޓީގެ މުގައްރިރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް މިހެން ވިދާޅުވީ ރައީސް ނަޝީދުގެ ނުފޫޒު އިންކުއަރީއަށް އޮންނާނެކަމަށް ގިނަ ބަޔަކު ސުވާލް އުފައްދަމުން ދަނިކޮށް އެންކުއަރީއާ ގުޅޭ މައްސަލައެއްކަމުގައިވާ ހަސަން ޒަމީލްގެ މައްސަލަ ރައީސް ނަޝީދުގެ ދެންނެވުމުގެ މަތިން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ވަނިކޮށެވެ. ޒަމީލުގެ މައްސަލައަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ އިތުރުން ސުލޫކީ ކޮމެޓީއަށްވެސް ރައީސް ނަޝީދުވަނީ މި މަސައްލަ ހުށައަޅުއްވާފައެވެ.

މި މައްސަލަ ރައީސް ނަޝީދު ހުށައެޅުއްވުމުން މިހާރު ސީދާ ގޮތެއްގައި ކޮމެޓީގެ މަސައްކަތަށް ނުފޫޒު ފޯރުވުނީ ކަމަށްބުނެ ނޫސްވެރިޔަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ ކޮމެޓީން އެއްވެސް ނުފޫޒެއްނެތި މިކަން ކުރިޔަށް ގެންދެވޭނެ ކަމުގެ ޔަގީންކަން އޮބެއްކަމަށެވެ. އަދި ކޮމެޓީގެ މުގައްރިރުގެ ހައިސިއްޔަތުން ރައީސް ނަޝީދަކަށްވެސް އަދި އެހެން ބޭފުޅަކަށްވެސް ނުފޫޒު ނުފޯރުވޭނެ ކަމަށާއި ފޯރުވާ ނުފޫޒަކަށް ތަބާ ނުވާނެ ކަމަށް އަސްލަމްވަނީ ވިދާޅުވެފައެވެ. އިންކުއަރީގެ މަސައްކަތް މިނިވަންކޮށް ވަކި އަތަކަށް ނުޖެހި މަޝްވަރާކުރެވި އުސޫލުގެ މަތިން މައްސަލައިގެ ރިޕޯޓްގެ މަސައްކަތް ކުރަމުން އަންނަކަމަށް އަސްލަމް ވަނީ ބުނެފައެވެ. މިފަދަ އެއްވެސް މައުލޫމާތެއް މަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީގެ ފަރާތުންއަދި އެއްވެސް ފަރާތަކާ ހިއްސާ ކޮށްފައިނުވާނެކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތުމުގެ ތުހުމަތުގައި ދައުވާކޮށްދޭން ރައީސް ނަޝީދު ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގައި އެދިފައިވާ ޑިފެންސް މިނިސްޓްރީގެ ނައިބު ހަސަން ޒަމީލްގެ މައްސަލަ އިމްތިޔާޒާއި ސުލޫކު ކޮމިޓީން ވަނީ ބޭރުކޮށްލާފައެވެ. ޒަމީރުގެ މައްސަލަ ސުލޫކީ ކޮމިޓީން ބޭރުކޮށްލީ، އަލިފުށީ ދާއިރާ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އިސްކޮށް ހުންނަވައިގެން ކަމަށް އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ތުހުމަތު ކުރައްވާފަ އެވެ.

އިންކުއަރީގެ ފަރާތުން ކުރަމުން އަންނަ މަސައްކަތަކީ ވަކި ފަރުދަކަށް ވީތީ ވަކި ގޮތަކަށް ކުރާ މަސެއްކަތެއް ނޫންކަމަށާއި މި މަސައްކަތައް ކުރަމުން ދަނީ ސީރިއަސް ގައުމީ ސަލާމަތާ ގުޅޭ މަސައްކަތްތަކެއް ގޮތަށްކަމަށް އަސްލަމް ވިދާޅުވިއެވެ.

ވަރަށް ގަދަ
57%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 14%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 29%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: