މާލެ އަތޮޅު ފަރުކޮޅުފުށި ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ހަމަޖެއްސުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މާލޭ ސިޓީ ކައުންސިލުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރު ޑރ،. މުހައްމަދު މުއިއްޒު ވިދާޅުވީ، ފަރުކޮޅުފުއްޓަކީ ސިޓީ ކައުންސިލުގެ އިހުތިސާސް ތެރޭގައި ހިމެނޭ ރަށެއް ކަމަށާއި ނަމަވެސް އެ ރަށް އަދިވެސް އޮތީ ފަޅު ރަށެއްގެ ގޮތުގައި ކަމަށެވެ.
މުއިއްޒު ވިދާޅުވީ، ފަރުކޮޅުފުށީގައި އެއްވެސް ކަމެއް ކުރާ ނަމަ އެކަމުގައި ސިޓީ ކައުންސިލުގެ ބައިވެރިވުން އޮންނަން ޖެހޭ ކަމަށެވެ.
އެގޮތުން ފަރުކޮޅުފުއްޓަކީ މާލޭ ކައުންސިލްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ފަޅު ރަށެއްކަމުން މާލޭގެ ރައްޔިތުން ޕިކްނިކް ދާ ރަށެއްގެ ގޮތުގައި އެ ރަށް ކަނޑައެޅުމަށް ކައުންސިލުން ނިންމާފައިވާ ކަމަށާއިމިކަމުގެ ތަފްސީލު ފަހުން ހާމަކުރާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ މާލޭގެ އިޚުތިޞާޞު ކަނޑައަޅާފައިވާ ގޮތާމެދު ކައުންސިލުގެ ކަންބޮޑުވުން އޮތްކަމަށާއި އެގޮތުން ކޮންމެ ރަށެއްގެ އިޚުތިޞާޞަކީ ރަށުގެ އުރަފަތުން ފަށައިގެން 700 މީޓަރު ކަމުގައި ޤާނޫނުގައި ބުނެފައިވާއިރު، އަދި ވިލިމާލެ ނިމޭ ހިސާބުން ފެށިގެން 700 މީޓަރުގެ ތެރޭގައި ގުޅިފަޅުގެ ބައެއް ހިމެނޭއިރު ގުޅިފަޅު މާލޭގެ އިޚުތިޞާޞުގެ ތެރޭގައި ހިމަނާފައިނުވާތީ އެކަން ފާހަގަކުރައްވައި، އިޚުތިޞާޞު ރަނގަޅުކުރުމަށް އެދިވަޑައިގަންނަވާ ކަމަށް މުޢިއްޒު ވިދާޅުވިއެވެ.


One Response
ބުރޯ ޤާނޫނުގެ އެއްބައި ކިޔައިގެން ތިއުޅެނީ.. ބަލަ އެ ޤާނޫނުގަ ހަމަ އޮންނާނެ 700 މީޓަރުގަ ހިމެނޭ ޓޫރިސްޓް ރިސޯޓަށް ދޫކޮށްފައިވާ ރަށްތަކާ އިންޑަސްޓްރިއަލް ރަށްތައް ނުލައޭ އިޙްތިސާޞް ކަނޑައަޅާފަ އޮންނާނި.. ތިޔަ އުޅެނީ މޮޔަފުޅުވެގެން ގުޅީފަޅުއެއީ އިންޑަސްޓްރިއަލް ރަށެއް