ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހި ކުޅިވަރަށް ހިދުމަތް ކުރެއްވި މާދިހު އިސްމާއިލް ނިޔާވެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ކުޅިވަރުގެ ދާއިރާއަށް ގިނަ ހިދުމަތްތަކެއް ގިނަ ދުވަސްތަކެއް ވަންދެން ކޮށްދެއްވި މާދިހު އިސްމާއިލް ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.

މާދިހުގެ އާއިލާއިން ބައެއް މީޑިއާތަކަށް ދެއްވި މައުލޫމާތުގައި ބުނެފައިވަނީ ނިޔާވީ ހޮޑުލެވި ހޭނެތުމުން އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ކުއްލި ގޮތަކަށް ކަމަށެވެ. ނިޔާވި އިރު މާދިހު ގެ އުމުރަކީ 51 އަހަރެވެ.

މިވަގުތު މާދިހު އަކީ ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ ސްޕޯޓްސް ކޯޑިނޭޓަރެވެ.

މާދިހުވަނީ ރާއްޖޭގެ ފުޓުބޯޅައިގެ އިތުރުން ބައިބަލާ އާއި ކްރިކެޓު ކުރިއެރުވުމަށްވެސް މިންނަތް ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. މާދިހު ވަނީ އެފްއޭއެމްގެ އިތުރުން ކުޅިވަރު އެކި އެސޯސިއޭޝަންތަކުގެ އެކި މަގާމްތައް ފުރުއްވާ ކުޅިވަރުގެ ދާއިރާއަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.

މިއަދުގެ ހެނދުނު 9:00 ގައި މާދިހުގެ ޖަނާޒާވަނީ ބާއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: