ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީޑިއާ ކައުންސިލްގެ ހާއްސަ ކުއިޒްއެއް ޖުލައިގައި ބާއްވަނީ!

ޝެއާރކޮށްލާ ކަހަލަދޯ؟

މި އަހަރު ބާއްވަން ހަމަޖެހިފައިވާ މޯލްޑިވްސް މީޑިއާ ކައުންސިލު ކުއިޒް، 1 ޖުލައި އިން ފެށިގެން 30 ޖުލައި އާ ހަމަޔަށް ކުރިޔަށް ގެންދިޔުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ނިންމައިފިއެވެ.

މީޑިއާ ކައުންސިލުން ބުނީ މި ކުއިޒް ކުރިޔަށް ގެންދިއުމުގެ މައިގަނޑު މަގްސަދަކީ ކައުންސިލްގެ މައުލޫމާތާއި، ހިންގާ ހަރަކާތްތަކާއި، އަދި އެހެނިހެން ކަންކަމާ ގުޅޭ ގޮތުން ޢާއްމު ރައްޔިތުން ހޭލުންތެރި ކުރުވުން ކަމަށެވެ. އަދި ކައުންސިލްގެ އާންމު މައުލޫމާތާއި، މަސައްކަތްތަކާ ގުޅޭ ގޮތުން އާންމު ރައްޔިތުންނަށް މައުލޫމާތު އެނގެނީ ކިހާ މިންވަރަކަށްކަން ދެނެގަތުން އެއީ މީގެ މަގްސަދެއްގެ ގޮތުގައި ފާހަގަކުރި އެވެ،

މީގެ އިތުރުން މީޑީއާ ކައުންސިލްގެ މަޢުލޫމާތާއި، ހިންގާ ހަރަކާތްތަކާއި އެހެނިހެން ކަންކަމާ ގުޅޭ މައުލޫމާތު، ކުއިޒެއްގެ ޒަރީއާއިން ވީހާވެސް ގިނަ ބަޔަކަށް ފޯރުކޮށްދިނުނުމަކީ މީގެ އެއް ބޭނުންކަމަށް ހާމަކުރެއެވެ.

ކޯވިޑް-19 ބަލިމަޑުކަމުގެ ސަބަބުން ރައްޔިތުންނަށް ގޭގައި ތިބެންޖެހިފައިވާ މި ދަނޑިވަޅުގައި މައުލޫމާތު ހިއްސާކޮށްލުމުގެ މަސައްކަތެއް ކޮށްގެން އިނާމެއް ލިބޭނެ ފުރުސަތެއް ކުއިޒްގެ ޒަރީއާއިން ހުޅުވާލުން ވެސް ހިމެނޭކަމަށް މީޑިއާ ކައުންސިލުން ބުނެއެވެ.

މި ކުއިޒްގެ ސުވާލްތައް މީޑިއާ ކައުންސިލްގެ ރަސްމީ ފޭސްބުކް ޕޭޖްގައި ޝާއިއު ކުރެވޭނެ ކަމަށް ވަނީ ބުނެފައެވެ. އަދި ކުއިޒްގައި ރަޖިސްޓްރީ ވުމުގެ މުއްދަތަކީ 15 ޖޫން އިން ފެށިގެން 15 ޖުލައިގެ ނިޔަލަށެވެ.

މި ކުއިޒުން ރަނގަޅު ޖަވާބު ދިމާކުރާ ފަރާތްތަކުގެ ތެރެއިން އެއްވަނައަށް އަންނަ ފަރާތަކަށް 3,000 ރުފިޔާ، ދެވަނައަށް އަންނަ ފަރާތަކަށް 2,000 ރުފިޔާ އަދި ތިންވަނައަށް އަންނަ ފަރާތަކަށް 1,000 ރުފިޔާ ގެ ފައިސާގެ އިނާމް ދިނުމަށް ވަނީ ނިންމާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: