ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕާޓޭން ހަތިމް ތެރޭ ޑްރަގް ފޮރުވާ ހިސާބަށް ކަންކަން ދާއިރު، އެކަންކަން ހުއްޓުވަންޖެހޭ: ޒައިދު

ވަޒީފާގެ ބޮރު ދެއްކިޔަސް ފަހަތަކަށް ނުޖެހޭނެކަމަށް އަލީ ޒައިދު ވިދާޅުވެއްޖެ. ފޮޓޯ:ފޭސްބުކް
ޝެއާރކޮށްލާ ކަހަލަދޯ؟

ޕާޓޭން ހަތިމް ތެރޭ ޑްރަގް ފޮރުވާ ހިސާބަށް ކަންކަން ދާއިރު، އެކަންކަން ހުއްޓުވަންޖެހޭ ކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުން ކުރުމާއި ހަތިމް ތެރޭ އެތަކެތި ފޮރުވައި، މިސްކިތްތަކުގައި ޑްރަގް ބޭނުންކުރާ މީހުން ނިދާތީ އެކަމުގެ ޝަކުވާތައް އެތައް ބަޔަކު ދަނީ ކުރަމުންނެވެ. އަދި އެކަން ހުއްޓުވަން ކަމާބެހޭ އިދާރާތަކަށް ދަނީ ގޮވާލަމުންނެވެ.

މިކަމާ ގުޅިގެން ޒައިދު ވިދާޅުވީ މިސްކިތްތަކަށް ދެރަ ގޮތްތައް އެބަވަމުންދާ ކަމަށާއި މިކަމަށް ވަރަށް އަވަސް ހައްލެއް އެބަ ބޭނުންވާ ކަމަަށެވެ.

”ޕާޓޭން މަސްތުވާތަކެތި ފޮރުވައި ޑީލް ހަދައި ހަތިމް ތެރޭ ޑްރަގް ފޮރުވާ ހިސާބަށް ދާއިރު، މިކަންކަން ހުއްޓުވަންޖެހޭ! މިސްކިތްތައް މިގޮތަށް ދޫކޮށްލައިގެން ނުވާނެ!” ޒައިދު ވިދާޅުވިއެވެ.

ފުލުހުން އިއްޔެ ބުނީ މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުން ކުރުމާއި މިސްކިތްތަކުގައި ޑްރަގް ބޭނުންކުރާ މީހުން ނިދުމާއި އެއްޗެހި ދޮވެ ހެދުމާއި މިސްކިތައް ބޭނުންކުރުން އެކަށޭނަ ނޫން އެހެނިހެން ބޭނުންތަކުގައި މިސްކިތްތައް ބޭނުން ކުރާ ކަމުގެ ޝަކުވާ ފުލުހުންނަށް ތަކުރާރުކޮށް ލިބެމުންދާ ކަމަށެވެ.

ފުލުހުން ކޮންމެ ރެއަކުވެސް މިސްކިތްތައް ބަލާ މިސްކިތް އެގޮތަށް ބޭނުން ކުރާ މީހުން ފޮނުވާލާ އަދި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށްވެސް ބުންޏެވެ.

އަދި މިކަމުގެ މައުލޫމާތު ކަމާގުޅޭ އެހެން އިދާރާތަކާއި ހިއްސާކޮށް ހައްލެއް ހޯދުމަށް އެޅެން ހުރި ފިޔަވަޅުތައް އަޅަމުން ގެންދާ ކަމަށްވެސް ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ނަމާދުކުރާނަމަ ޑުރަގުވިއްކިޔަސް މީހުންމަރައި ވައްކަންކުރިޔަސް ރަނގަޅުވާނޭ ބުނާޝޭޚުންވެސް އުޅޭ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: