ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާ ފްލެޓްގެ ފިނިޝިން މަސައްކަތަށް 9 މަސް ދޭން މުއިއްޒު އެދިއްޖެ

ޑރ މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ހިޔާ ފްލެޓްތަކުގެ ފިނިޝިން މަސައްކަތަށް ދީފައިވާ މުއްދަތު ނުވަ މަހަށް އިތުރުކުރުމަށް ރައީސް އޮފީހާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން،(އެޗްޑީސީ)ގައި އެދިފައިވާ ކަމަށް މާލެ ސިޓީގެ މޭޔަރ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހިޔާ ފްލެޓްތަކުގެ ފިނިޝިން މަސައްކަތަށް ރައްޔިތުން އަމިއްލައަށް ހަރަދު ކުރަން ޖެހުމުގެ ސަބަބުން، ދީފައިވާ ތިން މަސް ދުވަހުގެ ތެރޭގައި ނިންމޭނީ މަދު ބަޔަކަށް ކަމަށެވެ. އެހެންކަމުން ފިނިޝިންގެ މަސައްކަތަށް މަދުވެގެން ނުވަ މަސް ދުވަސް ދިނުމަށް ވަރަށް ގިނަ ރައްޔިތުން އެދެމުންދާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ފިނިޝިންގެ މަސައްކަތް ނިންމަން ނުވް މަސް ދުވަސް ދިނުމަށް ރައްޔިތުން އެދެމުން ދާތީ، އެކަން ކޮށްދިނުމަށް މިއަދު އެޗްޑީސީ އަދި ރައީސް އޮފީހުގައި އެދިފައިވާނެ ކަމަށެވެ.

ހިޔާ ފްލެޓްތައް ލިބުނު ފަރާތްތަކުން އެގްރީމަންޓުގައި ސޮއި ކުރުމަށް ހަމަޖެހިފައި ވަނީ، އަންނަ ޖުލައި މަހު މެދުތެރެއިން ފެށިގެންނެވެ. ސޮއިކޮށް، ފްލެޓް ހަވާލު ކުރާތާ 3 މަސް ތެރޭގައި އެތަނުގެ ފިނިޝިންގެ މަސައްކަތް ނިންމުމަށް އެއްވެސް ކުއްޔެއް ނުނަގާ ގޮތަށް ސަރުކާރުން ވަނީ ނިންމަފައެވެ.

ހިޔާގެ ކޮންޓްރެކްޓަރާއި ބޮޑު އަގުގައި މަސައްކަތް ހަވާލުކޮށްފައިވަނީ މުށިޖެހުމާއި ކުލަލުމާއި ބަދިގެ ކަބަޑު ޖެހުމާއި ބޮއްކާއި، ފަންކާ ހަރުކުރުމުގެ މަސައްކަތްވެސް ނުހިމެނޭގޮތަށެވެ. މީގެ ސަބަބުން ފިނިޝިން ހުރިހާ މަސައްކަތްތައް މިހާރު ކުރަންޖެހެނީ ހައުސިން ޔުނިޓްތަކުގެ ވެރިންގެ ޚަރަދުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: