ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިޔަފާރި ވެރިންގެ ގައުމީ ޖަމިއްޔާގެ ރައީސް ކަމަށް މުދުރިކާތު މޫސާ އަދި ނައިބުރައީސް ކަމަށް އާސިޔާ އަޒީމާ އިންތިހާބުވެއްޖެ!

ރައީސް މުދުރިކާތު އަދި ނައިބު ރައީސް އާސިޔާ އަޒީމާ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާގެ ރައީސް ކަމަށް މުދުރިކާތު މޫސާ (މުދު) އަދި އާސިޔާ އަޒީމާ ވަނީ ނައިބުރައީސް ކަމަށް ހޮވިފައެވެ. މުދު އަކީ މަޖްލިސް ކުރީގެ ނައިބު ރައީސް ރީކޯ މޫސަގެ ދަރިކަލުންނެވެ. އަދި މިހާރު އާއިލީ ވިޔަފާރިއާއި ރިސޯރޓް މެނޭޖް ކުރައްވަނީވެސް މުދޫ އެވެ. އާސިޔާ އަކީ ގާނޫނީ ގޮތުން މަތީ ތައުލީމް ހާސިލްކޮށްގެން ހުންނެވި ލޯޔަރެކެވެ އަދި ޒުވާން އަންހެން ވިޔަފާރިވެރިއެކެވެ.

އަދި މިނޫނަސް ގިނަ ޒުވާން ވިޔަފާރިވެރިން ވަނީ މިފަހަރުގެ ވިޔަފާރިވެރިންގެ ޖަމިއްޔާގެ ބޯރޑަށް ހޮވިފައެވެ. މިއަދު ވިޔަފާރިވެރިންގެ ޖަމިއްޔާގައި ބޭއްވުނު ޕްރެސް ކޮންފަރަންސްގައި އެޖަމިއްޔާގެ ރައީސް މުދު ވަނީ ދިވެހި ރާއްޖޭގެ ވިޔަފާރިތައް އަރައިގަންނަން ކޮވިޑް ރިކަވަރީ ޕްލޭންއެއް ވިޔަފާރިތަކާ މަޝްވަރާކޮށް ގެން ހަދަންޖެހޭކަމަށާއި އަދި ސަރުކާރާއި އެކީގައި މަޝްވަރާކޮށްގެން ވިޔަފާރިތައް މިކަމުން އަރައިގަންނަން މަސައްކަތް ކުރަންޖެހޭކަމަށް މުދު ވިދާޅުވިއެވެ. އަދި މިކަމުގައި  ވިޔަފާރިވެރިންނާއި ބައްދަލުކޮށް، މަޝްވަރާކޮށް ވިޔަފާރިތަކުގެ ހައްގުތައް ހޯދައިދޭން ގަދަ އަޅާ މަސައްކަތް ކުރާނެ ކަމަށް މުދު ވިދާޅުވިއެވެ.

އަދި ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާގެ ނައިބު ރައީސް ކަމަށް ހޮވުނު އާސިޔާ އަޒީމާ ވިދާޅުވީ އަންހެން ވިޔަފާރިވެރިންނަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރަން ބުރަ މަސައްކަތްތަކެއް ކުރަން ޖެހިފައި ވާކަމަށާއި އަދި ވަރަށް އަވަހަށް އަންހެން ވިޔަފާރިވެރިންނާ ބައްދަލުކޮށް މަޝަވަރާކުރަން ފަށާނެ ކަމަށެވެ. މި ޕްރެސް ކޮންފަރަންސް ގައި ޖަމިއްޔާގެ ބޯރޑް މެންބަރުން ކަމަށްވާ އެންޖެލިކް ސުޖާ އަދި ބޯޅަޖެހި ސްޓޯރްގެ އޯނަރު ހައްޖަވެސް ބައިވެރިވެ ވަޑައިގަތެވެ.

 

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: