ޓިކްޓޮކް ޕްލެޓްފޯމްގައި މަޝްހޫރުކަންހޯދާ، ފިލްމީ ދާއިރާގައި ފިޔަޖަހަމުން އައި މަރިޔަމް ޝިފާ މިރޭ ބުރުގާ އަޅައިފިއެވެ.
އިންސްޓަގްރާމް ޕޯސްޓެއް މެދުވެރިކޮށް ޝިފާ އޭނާ ބުރުގާ އެޅިކަން ހާމަކުރިއިރު ޝިފާގެ ފޭނުންނަށް މިކަންވީ ”ސަޕްރައިޒް“ އަކަށެވެ. ސަބަބަކީ އެކިއެކި ލައިވްތަކުގައިވެސް ބުރުގާ އެޅުމާއިބެހޭގޮތުން ސުވާލުކުރުމުން، އަވަސް މުސްތަގްބަލެއްގައި ބުރުގާ އަޅާފާނެކަމުގެ އިޝާރާތެއް ޝިފާ ދީފައިނުވުމެވެ.
އަލްހަމްދުالله. މިއީ އައު ފެށުމެއް: ޝިފާ
ޝިފާ ބުރުގާ އެޅިކަން އޭނާވަނީ ސަންގަށްވެސް ކަށަވަރުކޮށްދީފައެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ނުދެއެވެ.
މީގެކުރިން މޯލްޑިވިއަން އައިޑަލްގައި 17 އަހަރުގައި ޝިފާ ބައިވެރިއިރު، އޭރު ޝިފާ ހުރީ ބުރުގާ އަޅާފައެވެ. އެއަށްފަހު ޓިކްޓޮކް އަދި ފިލްމީ ދާއިރާއަށް ނުކުތްއިރު ޝިފާހުރީ ބުރުގާ ނަގާފައެވެ.
އޭގެ ފަހުން މިރެއާއިހަމައަށް ޝިފާ ފެނިފައިވަނީ ކުރު އެއްޗެހިލައިގެން ސޯޝަލް ޕްލެޓްފޯމްތަކުގައި ވީޑިއޯ ފޮޓޯ އާއްމުކޮށްފައިވާ ފަރާތެއްގޮތުގައެވެ.
ޝިފާ ފާހަގަވެފައިވަނީ ކުޑަދުވަސްކޮޅެއްގައި ފިލްމީ ދާއިރާގައި މަގުބޫލުކަން ހޯދި ތަރިއެއްގެގޮތުގައެވެ. ”ޖެހިލުންކުޑަ“ ”ސީދަލަށް އެއްޗެހި ބުނާ“ ޝިފާއަކީ ބައެއް ފަހަރު ސޯޝަލް މީޑިއާގައި އާއްމުންގެ ”ޓާގެޓަކަށް“ ވެފައިވާ ތަރިއެކެވެ.


5 Responses
الحمد الله ހެޔޮވިސްނުން ދެއްވާށި!!!
މީހުންގެ ސަމާލްކަންހޯދަން ބުރުގާ އަޅާފަ ބުރުގާ ނަގާފަ މިކިހާވަރެއްގެ ކަމެއްކަން ނޭގެނީތޯ
މީދެން ޚަބަރުތަ.. މުޖުތަމަޢު ފަސާދަ ކޮށް ޚަރާބު ކުރާ މީހުންގެ ވާހަކަ ވޭތަ ޚަބަރަށް.. މާދަން ބާލާ އެއްލާލާނެ ބުރުގާ.. ބުރުގާ އަށްވެސް ޖަހަނީ ޖޯކު..
ދެން ބުރުގާ ނުނަގައި ރީތި ދިރިއުޅުމެއް އުޅުމަކީ އުންމީދަކީ. ހިތާވި މީހަކު ބުނެގެން އެޅި އެއްޗަކަށް ހަދާފައި، އަނެއް ބިޓަކު ބުނީމާ ނަގާ އެއްޗަކަށް ނަހަދާނެ ކަމަށް ހީކުރަން. ހެޔޮވިސްނުން ދެއްވާށި!!!
ސިފާާ އަށްް ހަމަަ އެއްމެެ ސުވާލެއްް.
ސިފާާ އަށްް ތިހުރީީ ބުރުގާއެޅިފަަ، ސުވާލަކީީ ޓިކްޓޮކްް އަދިި ސޯސިއަލްް މީޑިއާާގެެ ސިފާާ އަމިއްލަަ އަށް އަޕްލޯޑްް ކޮށްފަހުރިި އައުރަަ ނިވާނުކުރެވިި ހުރިި ވީޑިއޯތައްް ނަގާނަންތޯޯ ސިފާގެެމަންމަަބުނެފިއްޔާާ ނުވަތަަ ސިފާާ އަމިއްލަަ އައްް ވިސްނިގެންވިއަސްް،؟!!!!!!
ސިފާާ އަށްް ހެޔޮވިސްނުންް ދެއްވާށިި.. ޢާމީންް..