ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާލިއާ ހޮލީވުޑަށް؟

ޝެއާރކޮށްލާ ކަހަލަދޯ؟

ބޮލީވުޑްގެ މަޝްހޫރު ބަތަލާ އާލިއާ ބަޓް ހޮލީވުޑްގެ ފިލްމަކުން ފެންނަން އުޅޭ ކަމުގެ އިޝާރާތްތަކެއް ދީފިއެވެ.

އިންޑިއާގެ މުނިފޫހިފިލުވުމުގެ ހަބަރުތައް ފަތުރާ ނޫހެއް ކަމަށްވާ ޕިންކްވިލާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އާލިއާ ވަނީ މިހާރު މަޝްހޫރު ބައިނަލްއަގްވާމީ ޓެލެންޓް މެނޭޖްމެންޓް އެޖެންސީ އެއްގައި ސޮއިކޮށްފަ އެވެ. އާލިއާ ކޮންޓްރެކްޓެއްގައި ސޮއި ކުރި އެޖެންސީ ކަމަށްވާ ވިލިއަމް މޮރިސް އެޖެންސީ އަކީ އެންމެ ދިގު މުއްދަތަކަށް ހިންގަމުންދާ ޓެލެންޓް މެނޭޖްމެންޓް އެޖެންސީ އެވެ.

އެގޮތުން، ޑަބްލިޔު.އެމް.އީ އާއިއެކު ސޮއިކުރުމަށް ފަހު އާލިއާ މިވަގުތު ހުރީ ހޮލީވުޑްގެ ފިލްމަކުން ޖާގަ ލިބޭނެ ދަނޑިވަޅަކަށް ބަލައިލަ ބަލައިލައެވެ. ”އުޑްތާ ޕަންޖާބު“، ”ގަލީ ބޯއި“ ފަދަ ކާމިޔާބު ފިލްމުތަކުގެ ލީޑްރޯލުން އާލިއާ ފެނިފައިވާއިރު، އޭނާއަކީ މިވަގުތު ބޮލީވުޑްގައި ތިބި ކާމިޔާބު ތަރިންގެ ލިސްޓުގެ ކުރިން ޖާގަ ހޯދާ ތަރިއެކެވެ.

ބޮލީވުޑްގައި ކާމިޔާބު ފިލްމުތަކެއް ކުޅުމަށް ފަހު ހޮލީވުޑްގެ ފިލްމުތަކުން މީގެކުރިންވެސް ވަނީ އިންޑިއާގެ ގިނަ ފަންނާނުންތަކެއް ފެނިގެން ގޮސްފަ އެވެ. އޭގެ ތެރޭގައި މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕުރާ އަދި ދިޕިކާ ޕަޑްކޯނު ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 50%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: