ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުލިޔާގެ ކައިރީ ބޮން ގޮއްވާލާނެ ކަމަަށް ބުނި އެކަކު ހައްޔަރުން ދޫކޮށްލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު ކަމަށްވާ މުލިއާގެ ގޮއްވާލާނެ ކަމުގެ އިންޒާރު ދިން މައްސަލައިގައި ހައްޔަރުކުރި ދެ މީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދިރިއުޅުއްވާ މުލިއާގެ ދޮށަށް ގޮސް އަޑުގަދަކޮށް އެތަން ގޮއްވާލާނެ ކަމުގެ އިންޒާރު ދީފައިވަނީ، ދަބަހަކާއި، ރަތްކުލައިގެ ކޮތަޅެއް ހިފައިގެން ތިބި ދެމީހެކެވެ.

ފުލުހުން މިރޭ ބުނީ އެ މައްސަލައިގައި ހައްޔަރު ކުރި ދެ މީހުންގެ ތެރެއިން އެކަކު ދޫކޮށްލާފައިވާ ކަމަށެވެ. އަދި އަނެއް މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމަށް ނިންމާފައިވާ ކަމަށް ބުންޏެވެ. އޭނާއަކީ ބޮމެއް އޮތް ކަމަށް ބުނި މީހާއެވެ.

ނަމަވެސް ކޯޓަށް ގެންދަން ނިންމާފައި ވަނީ ކޮން އިރަކުން ކަމެއް ނުބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: