ހިޔާ ޔުނިއަން އިން ކުރަމުންދާ އާދޭސްތަކަށް އިޖާބަ ދިނުމަށް މާލޭ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.
ޑރ. މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ހިޔާ ޔޫނިއަންގެ އާދޭސް ތަކަށް ސަރުކާރާއި އެޗް.ޑީ،ސީ އިން އިޖާބަ ދިނުމަކީ ރައްޔިތުންގެ ހައްގުގައި ކޮށްދޭން ވާނެ ކަމެއް ކަމަށެވެ. މި މައްސަލައިގައި ސިޔާސީ ފިކުރުއެއްކިބާކޮށް ރައްޔިތުންގެ އަޑު އެހުމަށް މުއިއްޒު ވަނީ އެދިވަޑައިގެންފައެވެ.
ހިޔާފުލެޓު ލިބުނު މީހުންނާ އެމީހުންގެ އާއިލާ ތަކުގެ ކަންބޮޑުވުންތައް ކަމާގުޅުން ހުރި ވުޒާރާތަކުގެ ސަމާލުކަމަަށް ގެނައުމަށް ހިޔާ ޔޫނިއަނުން އިއްޔެ ވަނީ ސުލްހަވެރި އިހުތިޖާޖެއް ކޮށްފައެވެ.
މި އިހުތިޖާޖް ފަށައިފައި ވަނީ އިއްޔެ މެންދުރު 14:00 ގައެވެ. މި އިހުތިޖާޖު ނިންމުމަށް ހަމަޖައްސާފައި ވަނީ މިރޭ 20:23 އަށް ކަމަށް ހިޔާ ޔޫނިއަން އިން ބުނެއެވެ.
ހިޔާ ޔޫނއިަނުން ގޮވާލާފައި ވަނީ ހިޔާ ފްލެޓްގެ އަސާސީ ކުލި 5،600 އަށް ކުޑަ ކުރާށެވެ.
ހިޔާ ޔޫނިއަން އިން ވަނީ ޖޫން އެއްވަނަ ދުވަހު ޕެޓިޝަނެއްވެސް ހުށަހަޅާފައެވެ
އެ ޕެޓިޝަންގައި މައިގަނޑު ގޮތެއްގައި ގޮވާލާފައިވާ ކަންތައްތަކުގެ ތެރޭގައި މި ޖޫން މަސް ނިމުމުގެ ކުރިން ފްލެޓަށް ވަދެވޭނެ ގޮތް ހަމަޖައްސައި ދިނުމަށާއި ފިނިޝިން މަސައްކަތް ކުރެވޭނެ ލުއި ގޮތްތަކެއް ހަމަޖައްސައި ދިނުމާއި މަހު ކުލި 5،500 ރުފިޔާއަށް ކުޑަކޮށް ދިނުމުގެ އިތުރުން ޕެންޝަން ފަންޑުން ޑައުން ޕޭމަންޓާއި ފިނިޝިން މަސައްކަތަށް ފައިނޭންސް ކުރެވޭ ގޮތް ހަމަޖައްސައި ދިނުން ހިމެނެއެވެ.

