ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޯއައިސީގެ ”މިނިސްޓީރިއަލް ކޮންފަރެންސް އޮން ވިމަން“ގައި ޖެންޑާ މިނިސްޓަރު ބައިވެރިވެޑައިގެންފި

ޖެންޑާރ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ: ފޮޓޯ / ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ”މިނިސްޓީރިއަލް ކޮންފަރެންސް އޮން ވިމަން“ ގެ 8 ވަނަ ސެޝަންގައި ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ބައިވެރިވެވަޑައިގެންފި އެވެ.

މިސުރުގެ ގާހިރާގައި މިމަހުގެ 8 ވަނަ ދުވަހު ކުރިއަށްގެންދިޔަ މި ބައްދަލުވުމަކީ ކޮވިޑްގެ ހާލަތުގައި އިސްލާމީ ގައުމުތަކުން އަންހެނުންގެ ހައްގުތައް ހިމާޔަތްކުރުމަށްޓަކައި ކުރަމުން އަންނަ މަސައްކަތްތަކާއި އެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ކުރެވިދާނެ ކަންކަމާ މެދު މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި، ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި ކުރެވޭ އެންމެހައި މަސައްކަތްތަކުގެ ތެރެއިން، އަންހެނުންގެ ބައިވެރިވުން އިތުރުކޮށް، މިންތީގެ ހަމަހަމަކަން ގާއިމުކުރުމުގައި އިސްލާމީ އެކިއެކި ޤައުމުތަކުގެ ތަޖުރިބާތައް ހިއްސާކުރެވިގެންގޮސްފައިވެއެވެ.

މިނިސްޓީރިއަލް ކޮންފަރެންސްގެ 8 ވަނަ ސެޝަންގައި ވާހަކަ ދައްކަވަމުން، މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ވަނީ ރާއްޖޭގައި މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށާއި އަންހެނުންގެ ހައްގުތައް ހިމާޔަތްކުރުމަށްޓަކައި ކުރެވިފައިވާ މުހިންމު މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކުރައްވައިފައެވެ.

އޯއައިސީގެ ”މިނިސްޓީރިއަލް ކޮންފަރެންސް އޮން ވިމަން“ގެ 8 ވަނަ ސެޝަންއާ ގުޅިގެން ބޭއްވުނު ސައިޑް އިވެންޓްތަކުގެ ތެރެއިން، ޖުލައި 6 ގައި ބޭއްވި ”މިނިސްޓީރިއަލް އިންޓަރެކްޓިވް ޑައިލޮގް އޮން އިކޮނޮމިކް އެމްޕަވަވަމަންޓް އޮފް ވިމަން އިން ދަ ނިއު ނޯމަލް‘ ގައިވެސް މިނިސްޓަރު އައިޝަތު އަލީ ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

މި ބައްދަލުވުމުގައި މިނިސްޓަރު ވަނީ ކޮވިޑުގެ ހާލަތުގައި އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށާއި އަންހެނުން އިގްތިސޯދީގޮތުން ބާރުވެރިކުރުވުމަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތަކަށް އަލިއަޅުވާލެއްވާފަ އެވެ. އަދި ގެވެށި އަނިޔާ ހުއްޓުވުމަށްޓަކައި އާންމުން ހޭލުންތެރިކުރުމަށާއި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ލިބޭ ހިދުމަތްތައް ހަރުދަނާކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ’ގެވެށި ގުޅުން‘ ކެމްޕޭނާ ގުޅޭ ގޮތުންވެސް ވާހަކަފުޅު ދެއްކެވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: