ކޮވިޑް-19 ގައި އުމުރުން 91 އަހަރުގެ ދިވެހި އަންހެނަކު މަރުވެއްޖެއެވެ.
އެޗްޕީއޭއިން ބުނީ ބ. އަތޮޅު ހޮސްޕިޓަލުގައި ގާއިމުކޮށްފައިވާ ޒޯން ބީ ރީޖަނަލް ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާދެމުންދިޔަ ރ. ދުވާފަރުގެ އުމުރުން 91 އަހަރުގެ ދިވެހި އަންހެނެއް މިރޭ ދަންވަރު 1:05 ގައި މަރުވެފައިވާ ކަމަށެވެ.
މިއީ މި ބަލީގައި ރާއްޖެއިން މަރުވި 217 ވަނަ ފަރާތެވެ.
ރާއްޖޭގައި މިވަގުތު ކޮވިޑްގެ 2،000 އަށް ވުރެ ގިނަ އެކްޓިވް ކޭސް އުޅޭއިރު، އޭގެތެރެއިން 14 މީހަކަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

