ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަރަންޓު ބިލު ބޮޑުވީ ކުރީ ސަރުކާރުގެ ސަބަބުން: އާޒިމް

ޝެއާރކޮށްލާ ކަހަލަދޯ؟

ކަރަންޓު ބިލު ބޮޑުވެ މާލޭގައި ދިރިއުޅޭ ފަރާތްތަކުން އުފުލަންޖެހޭ ތަކުލީފަކީ ކުރީ ސަރުކާރުން ކަންކުރިގޮތުން ވާގޮތެއްކަމަށް އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕގެ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިހެން ވިދާޅުވީ މިމަހުގެ ކަރަންޓު ބިލުތައް ވެސް އާންމު ރައްޔިތުންނަށް ދެއްކޭވަރަށްވުރެ ބޮޑު ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވުމާ ގުޅިގެންނެވެ.

އެގޮތުން އާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދު މިޖެހޭ އުނދަގުލާ، ތަކުލީފަކީ އިއްޔެ ކަންކުރިގޮތުން ވާގޮތެއް ކަމަށެވެ.

”އެކަން އެގޮތައް ދިމާމިވަނީ މަނިކުފާނު[މުއިއްޒު] އިން ކެބިނެޓަކުން ދެކޮޅުނުޖެހޭ އިގްތިޟާދީ ގިނަ ނިންމުންތަކެއް ނިންމުމުގެ ސަބަބުން. އިރާދަފުޅުން މާދަމައަކީ މާރަގަޅުދުވަހަކަށް ހަދާނަން.” އާޒިމް ވިދާޅުވިއެވެ.

މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިމަހު ލިބޭ ކަރަންޓު ބިލަކީ މާލޭގެ ގިނަ ރައްޔިތުންނަށް ދެއްކޭ ވަރަށް ވުރެ ބޮޑު ބިލުތަކެއް ކަމަށެވެ. މީގެ ސަބަބުން ހާލުގައި އުޅެމުންދާ ރައްޔިތުން އިތުރަށް ހާލުގައި ޖެހެން މެދުވެރިވަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

”ރައްޔިތުން އަތުގައި ނެތް ފައިސާއަކުން ބިލު ދައްކަން މިވަނީ ޖެހިފައި،“ މުއިއްޒުގެ ޓްވީޓުގައި ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 17%ބޮޑު ޖޯކެއް 33%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: