ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޓަނެޓާ ގުޅޭ ޝަކުވާ ހުށަހަޅަން ހާއްސަ ނަންބަރެއް

މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އައިމިނަތު ޝައުނާ--
ޝެއާރކޮށްލާ ކަހަލަދޯ؟

”ނެޓްހެޔޮ“ ގެ ނަމުގައި ސަރުކާރުން އިންޓަނެޓަށް ގެނެސްދިން ބަދަލާމެދު ޝަކުވާ ހުށަހަޅަން ހާއްސަ ނަންބަރެއް ތައާރަފްކޮށްފި އެވެ.

އެންވަޔަރަމެންޓް މިނިސްޓްރީއިން ބުނީ ”ނެޓްހެޔޮ“ ޕްރޮގްރާމުގެ ބޭނުމަކީ އިންޓަނެޓްގެ ހިދުމަތް ހުރިހާ ގޮތަކުން ވެސް ރަގަޅުކުރުން ކަމަށެވެ. އެހެންކަމުން ސަރުކާރުން ގެނައި ބަދަލާ އެއްގޮތަކަށް އިންޓަނެޓްގެ ހިދުމަތް ނުލިބޭނަމަ ޝަކުވާ ހުށަހަޅަން ހާއްސަ ނަންބަރެއް މިހާރު ވަނީ އާންމުކޮށްފަ އެވެ.

އިންޓަނެޓްގެ އަގުތަކަށް މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ހެޔޮ ބަދަލުތަކެއް ވަނީ ގެނެސްފައެވެ.

އެގޮތުން ރެސިޑެންޝަލް އިންޓަރނެޓުގެ ޚިދުމަތުގެ އަގުތަކަށާއި ސްޕީޑަށް ސަރުކާރުން ގެނެސްފައިވާ ބަދަލުތަކަކީ، 5 އެމްބީޕީއެސްގެ ސްޕީޑުގައި 250ރ އަށް 30 ޖީބީ (ތްރޮޓުލް ސްޕީޑްގައި 2 އެމްބީޕީއެސް)، 15 އެމްބީޕީއެސްގެ ސްޕީޑުގައި 500ރ އަށް 100 ޖީބީ (ތްރޮޓުލް ސްޕީޑްގައި 5 އެމްބީޕީއެސް)، 25 އެމްބީޕީއެސްގެ ސްޕީޑުގައި 700ރ އަށް 200 ޖީބީ (ތްރޮޓުލް ސްޕީޑްގައި 5 އެމްބީޕީއެސް) އެވެ.

މި ބަދަލުތަކުގެ ސަބަބުން ރެސިޑެންޝަލް އިންޓަރނެޓް ޚިދުމަތްތައް ބޭނުންކުރާ 60 އިންސައްތައާއި 75 އިންސައްތައާ ދެމެދުގެ މީހުންނަށް ސީދާކޮށް މަހުފީ އަގުހެޔޮ ވެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.

އިންޓަނެޓާ މެދު ޝަކުވާ ހުށަހަޅަން ”1515“ އަށް ގުޅައި އެކަން މިނިސްޓްރީގެ ސަމާލުކަމަށް ގެނައުމަށް މިނިސްޓްރީއިން މިއަދު ވަނީ އެދިފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: