ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނިވަންކަމުގެ ދިފާއުގައި އިދިކޮޅުގެ ކެމްޕޭނެއް ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

”މިނިވަންކަމުގެ ދިފާއުގައި ދިވެހީން“ ގެ ނަމުގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކެމްޕެއިނެއް ފަށައިފިއެވެ.

ރޭ ބޭއްވި ރަސްމިއްޔާތެއްގައި އިދިކޮޅު ކޯލިޝަންގެ މި ކެމްޕޭން އިފްތިތާހު ކޮށްދެއްވީ ޕީއެންސީގެ ލީޑަރު އަބްދުއްރަހީމް އަބްދުﷲ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަދުރޭ ވިދާޅުވީ މިއީ ވަކި ޕާޓީއަކުން އެކަނި ކުރިއަށް ގެންދާނެ ކެމްޕޭނެއް ނޫން ކަމަށާއި މިއީ ގައުމީ ކެމްޕޭނެއް ކަމަށެވެ. އެ ކޯލިޝަނަށް އެންމެ މުހިންމީ ގައުމުގެ މިނިވަން ކަމަށް ވިދާޅުވެ ރޭ ފެށި ކެމްޕޭނުގައި ކޮންމެ ރައްޔިތަކަށް ވެސް ބައިވެރިވެވޭނެ ކަމަށް ވިދާޅުވި އެވެ.

އަދުރޭ ވަނީ މި ކެމްޕެއިންގައި ބައިވެރިވުމުގެ ދައުވަތު ސަރުކާރު ކޯލިޝަންގައި ހިމެނޭ ލީޑަރުން ކަމަށްވާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި، އެމްއާރްއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އަށްވެސް އަރުވާފައެވެ.

މީގެއިތުރުން ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރާއި، އެމްއެންޕީގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދެވުމަށް މަސައްކަތްކުރައްވާ ދަނގެތީ ދާއިރާގެ މެމްބަރު މުޙައްމަދު ނާޒިމަށް ވެސް ވަނީ އެ ހަރަކާތުގައި ބައިވެރިވުމަށް ދައުވަތު އަރުވާފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: