ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއީ ހުރިހާ ދިވެހިން އެކައްޗެއް ކިޔައި ސަފުތައް ރުކުރުވާލަންވީ ވަގުތު: ޝަހީމް

ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމު ވެއްޓިފައި މިވާ އަނދަވަޅުން ސަލާމަތް ވުމަށް މިއީ ހުރިހާ ދިވެހިން އެކައްޗެއް ކިޔައި ސަފުތައް ރުކުރުވާލަންވީ ވަގުތު ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

”މިނިވަންކަމުގެ ދިފާޢުގައި ދިވެހީން“ގެ ނަމުގައި އިދިކޮޅު ޕީޕީއެމްއިން ކުރިޔަށް ގެންދާ ކެންޕެއިން އިފްތިތާޙް ކޮށްދިނުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝަހީމް ވިދާޅުވީ، ރައީސް ޔާމީންގެ ވަތަނީ ވެރިކަން ބަދަލުވެގެން ހިގައްޖެ ނަމަ ދިވެހި ރާއްޖެއަށް ކުރިމަތިވެގެން ހިނގައިދާނެ ކަންތައްތަކުގެ ކޮންމެވެސް ވަރެއްގެ ތަސްވީރެއް 2018 ވަނަ އަހަރު ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ކުރެއްސެވި ކަމަށެވެ.

”ރައީސް ޢަބްދުﷲ ޔާމީންގެ ޒަޢާމަތު، އެ ވަޠަނީ ވެރިކަން ބަދަލުވެއްޖެނަމަ ދިވެހިރާއްޖެއަށް ކުރިމަތިވެދާނެ ބައެއް ކަންތައްތަކުގެ ކޮންމެވެސް މިންވަރެއްގެ ތަސްވީރެއް އެއިރުވެސް ތިޔަ ލޮބުވެތި ރައްޔިތުންނާ ހިއްސާކުރީމު“ ޝަހީމް ވިދާޅުވިއެވެ.

ޝާހީމް ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި ދިވެހި ދަޢުލަތުގެ ސިޔާދަތަށް މިއަދު މިވަނީ ލޮޅުން އަރާފައި ކަމަށާއި ދިވެހި ރާއްޖޭގެ އިޤްތިޞާދަށް މިވަނީ ހީނަރުކަން އައިސްފައި ކަމަށެވެ. މީގެ އިތުރުން ރާއްޖޭގެ މަދަނީ ތައްޤީއަށް މިވަނީ މަޑުޖެހުމަށް އައިސް، ރާއްޖޭގެ އެންމެ މުހިންމު އަސާސް ކަމުގައިވާ އިސްލާމީ ވަޙްދަތަށް މިވަނީ ގޮންޖެހުންތައް ކުރިމަތިވެފައި ކަމަށް ޝަހީމް ވިދާޅުވިއެވެ.

“މިއީ ހުރިހާ ދިވެހިން އެއްބައެއްގެ ކިބައިން މަދަދު ލިބިގެން ސަފުތައް ރުކުރުވައިލަން ޖެހޭ ވަގުތު.” ޝަހީމް ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި އިދިކޮޅު ކޯލިޝަން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ދިވެހިންގެ މިނިވަންކަން ދިވެހިންގެ އަތުން ބީވެގެން ދާތަން މިހާރު ފެންނަ ކަމަށާއި މިކަމާ ދެކޮޅަށް ކޮންމެ ރައްޔިތަކު ވެސް ބަސް ބުނަންޖެހޭ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 67%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: