ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުވައްޒަފަކު ޕޮޒިޓިވްވެގެން ހިދުމަތް މެދުކަނޑާލުމަކީ ނިއުނޯމަލް އަށް ގެނައުމެއް ނޫން: ބޮންޑެ

ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރު މުވައްސަސާއެއްގެ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން ހިދުމަތް މެދުކަނޑާލުމަކީ ނިއުނޯމަލް އަށް ގެނައުމެއް ނޫން ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު(ބޮންޑެ) ވިދާޅުވެއްޖެއެވެ.

ބޮންޑެ މިހެން ވިދާޅުވީ އެޗްޑީސީގެ މުވައްޒަފަކު ޕޮޒިޓިވް ވެގެން ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި ހަދާފައިވާ ފްލެޓްތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރުން ވަގުތީ ގޮތުން މެދުކަނޑާލުމާ ގުޅިގެންނެވެ.

އެގޮތުން ބޮންޑެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވް ވެގެން ފްލެޓް ހަވާލު ކުރުން މެދުކަނޑާލުން، ކާޑު ގުދަނުގެ މުއްޒަފަކު ޕޮސިޓިވް ވެގެން ކާޑު ދޫކުރުން ހުއްޓާލުން، ފެންކުންފުނި މުއައްޒަފުކު ޕޮސިޓިވް ވެގެން ފެނުގެ ހިދުމަތް މެދުކަނޑާލުމަކީ ރާއްޖެ ނިއުނޯމަލް އަށް ގެނައުމެއް ނޫން ކަމަށެވެ.

ބޮންޑެ މިހެން ވިދާޅުވިއިރު، ކޮވިޑް-19ގެ ރާއްޖޭގެ ހާލަތު ”ނިއު ނޯމަލް“ ހާލަތަށް ގެނައުމަށް ކުރެވޭ މަސައްކަތުގައި ކުރިއެރުންތަކެއް ހޯދިފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: