ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލީ ވަހީދުގެ ޖަލު ހުކުމް ތަންފީޒު ކުރުމުގެ މަސައްކަތް ކަރެކްޝަނުން ފަށައިފި

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ސުޕްރީމް ކޯޓުގެ ހުރުމަތް ކެނޑިކަމަށް ނިންމައި ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމަށް ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދަށް ކުރި ހުކުމް ތަންފީޒު ކުރުމަށް ކުރަން ޖެހޭ މަސައްކަތް ފަށާފައިވާ ކަމަށް ކަރެކްޝަންސް އިން ބުނެފި އެވެ.

އަލީ ވަހީދަށް ކުރެވޭ ޖިންސީ ފުރައްސާރައިގެ ތުހުމަތުގެ މައްސަލަ ކޯޓުގައި ކުރިއަށްދާއިރު އަލީ ވަހީދު ސުޕްރީމް ކޯޓަށް ހާޒިރުވާން އޮތީ އަމަރުކޮށްފަ އެވެ. ނަަމަވެސް ކޯޓަށް ހާޒިރު ނުވުމުން ކޯޓުގެ ހުރުމަތް ކެނޑިކަމަށް ބުނެ އޭނާއަށް އިއްޔެ ވަނީ ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވާފަ އެވެ.

ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން ކަރެކްޝަންސްއިން ބުނީ، ހުކުމުގެ އަމުރު މިއަދު ހެނދުނު ކަރެކްޝަންސްއަށް ލިބިފައިވާކަމަށެވެ. އަދި މިފަދަ އެހެން މައްސަލަތަކުގައިވެސް އަމަލުކުރާ އުސޫލުން ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ނެތް މީހެއްގެ ހުކުމް ތަންފީޒު ކުރުމަށްޓަކައި، ފުލުހުންގެ ކިބައިން އެދޭނެކަމަށް ބުނެއެވެ.

އަލީ ވަހީދު މިވަގުތު ހުންނެވީ އިނގިރޭސިވިލާތުގައެވެ.

އަލީ ވަހީދު ޖަލަށްލާން ހުކުމް ކުރިއިރު އެ މައްސަލައިގެ އިތުރު އަޑުއެހުމެއް ވެސް ބާއްވަން ސުޕްރީމް ކޯޓުން ވަނީ ނިންމާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: