ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރަން އަނެއްކާވެސް ހުށަހަޅަނީ

މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ މީހުންގެ ބާރު ނޯންނަ ގޮތަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާގޮތް ބަދަލުކުރުމަށް ޤާނޫނުއަސާސީއަށް އަނެއްކާވެސް އިސްލާހެއް ހުށަހަޅަން ނިންމައިފިއެވެ.

ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރަން މިފަހަރުވެސް ހުށަހެޅި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގުއެވެ.

ތޯރިގް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޤާނޫނުއަސާސީ އިސްލާހުކޮށް ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރުމަކީ މިހާރުން މިހާރަށް ކުރަންޖެހިފައިވާ އަދި ފަސް ކުރެވެން ނެތްކަމެއްކަމަށް ދެކޭތީ ޤާނޫނުއަސާސީއަށް އިސްލާހު ހުށަހެޅުމަށް ނިންމާފައިވާކަމަށެވެ.

ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރުމަށް މީގެ ކުރިންވެސް ތޯރިގް ގާނޫނުއަސާސީއަށް އިސްލާޙު ހުށަހަޅާފައިވެއެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދުވީ ޖޭއެސްސީ އަށް ގެންނާނެ ބަދަލާ ބެހޭ ގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބައެއް ގާނޫނީ މާހިރުންގެ ލަފާ ހޯއްދަވައިފައި ވާކަމަށެވެ. އަދި އެ މަސައްކަތް މި ދައުރުގެ ތެރޭގައި ކުރާނެކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: