ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުށް ފެނުނު ގިނަ ފޮތްތައް ފާސްކުރީ ކުރީ ސަރުކާރުން: މިނިސްޓަރ

ޝެއާރކޮށްލާ ކަހަލަދޯ؟

ކުށް ފެނުނު ގިނަ ފޮތްތައް ފާސްކޮށްފައިވަނީ ކުރީ ސަރުކާރުންކަމަށް އެޑިޔުކޭޝަން މިނިސްޓަރ ޑރ އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

އިސްލާމް އަދި ގުރްއާން ފޮތްތަކުގައި ގުރްއާންގެ އާޔަތްތައް ނުބައިކޮށް ލިޔެފައިހުރިކަން ފެންމަތިވި މައްސަލާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވީ ކުށް ފެނުނު ގިނަ ފޮތްތަކަކީ މީގެ ކުރީ ސަރުކާރުގައި ފާސްކޮށް ޗާޕްކޮށްފައިވާ ފޮތްތައް ކަމަށެވެ. ކުށް ފެނުނު ފޮތްތަކުގެ ތެރެއިން މިސަރުކާރު އައިފަހުން ފާސްކޮށް ޗާޕްކޮށްފައިވަނީ ގްރޭޑް 1ގެ ފޮތްތައް އެކަނިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ކުށް ފެނުނު ފޮތްތަކުގެ ތެރެއިން ގްރޭޑް 2ގެ ފޮތްތަކަކީ 2015 ވަނަ އަހަރު ފާސްކުރެވި ބޭނުން ކުރަން ފެށި ފޮތްތަކެއް ކަމަށެވެ. އަދި ގްރޭޑް 12ގެ ފޮތްތަކަކީ އޮކްޓޫބަރު 2018ގައި ބޭނުން ކުރަންފެށި ފޮތްތަކެއް ކަމަށެެވެ. މުޅިން އަލަށް ޗާޕްކޮށްގެން ބޭނުންކުރަން  ފެށީ ގްރޭޑް 1ގެ ފޮތްތައް ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ފޮތްތަކުގެ ކަންކަމާއި ކަރިކިޔުލަމްގެ ކަންކަމަކީ އެއްވެސް އިރެއްގައި ސިޔާސީ ބޭފުޅުން ކުރައްވާ މަސައްކަތެއް ނޫން ކަމަށެވެ. އަދި އަބަދުވެސް މާއްދާތަކުގެ ކަރިކިޔުލަމްގެ ކަންކަން ބަލަހައްޓަމުން ގެންދަވަނީ އެމާއްދާއެއްގެ ފަންނީ ބޭފުޅުން ކަމަށާއި އެގޮތުން އިސްލާމް މާއްދާގެ ކަންކަން ބައްލަވަމުން ގެންދަވަނީ އިސްލާމިކް ޔުނިވަރސިޓީގެ ބޭފުުޅުން ކަމަށެވެ.

”ކިތަންމެ ކުޑަވިޔަސް ބޮޑުވިޔަސް ގުރްއާންގެ އާޔަތެއްގައި ކުށެއް އޮވެގެން ނުވާނެ. ސްކޫލްތަކާއި ވާހަކަދެއްކުމުން ބުނީ މީގެ ކުރިންވެސް މިފަދަ ކުށްތައް ފާހަގަވުމުން މުދައްރިސުން އެކަން ރަނގަޅުކޮށްގެން ކުރިއަށްގެންދާކަމަށް” މިނިސްޓަރ

މިކަމާއި ގުޅިގެން އިދިކޮޅު ކޯލިޝަނުން ދައްކާފައިވާ ބައެއް ވާހަކަތަކާއި ގުޅޭގޮތުން ސުވާލުކުރުމުން މިނިސްޓަރ ވިދާޅުވީ މިކަމަކީ ގަސްތުގައި ކޮށްފައިވާ ކަމެއްކަމަށް ދެއްކުމަށް އިދިކޮޅުން މަސައްކަތްކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް، މިކަމަކީ މިސަރުކާރުން ކޮށްފައިވާ ކަމެއް ނޫންކަން ހާމަވެފައިވާ ކަމަށާއި ގުރްއާންގެ އެއްވެސް މިންވަރެއް ނުބައިކޮށް ޗާޕްކުރުމަކީ ކުށެއް ކަމަށެވެ. އަދި މިހާރު މިކަމުގައި އިހުމާލުވި މީހުންނަކީ ކޮބައިކަން ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ފޮތްތައް ރިވިއުކުރުމަށްވެސް ޚާއްސަ ކޮމެޓީއެއް އެކުލަވާލާފައިވާކަމަށް ވިދާޅުވިއެވެ. ކުރިއަށް އޮތް ހަފްތާއެއް ތެރޭ މިމައްސަލައިގެ ރިޕޯޓެއް ތައްޔާރުކޮށް ނިމޭނެކަމަށްވެސް ވިދާޅުވިއެވެ.

އެކި ގްރޭޑްތަކުގެ ފޮތްތަކުގައި ގުރްއާންގެ އާޔަތްތައް ނުބައިކޮށް ލިޔެފައިވާކަަމުގެ ވާހަކަތައް ފެންމަތިވާންފެށީ ހުސްވި ހަފްތާ ތެރޭގައެވެ. މިހާތަނަށް އައިއިރު ހަތަރު ގްރޭޑެއްގެ ފޮތްތަކުން ކުށް ފެނިފައިވެއެވެ. މީގެ ތެރޭގައި ބައެއް ލަފްޒުތައް ތަކުރާރުވެފައިވުމާއި ބައެއް ސޫރަތްތައް އެއްވެފައި ހުރުންފަދަ ކަންކަން ވަނީ ފާހަގަވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: