ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެމްކޯއަށް ދައްކަންޖެހޭ 30 މިލިއަން ރުފިޔާ އަކީ މިދައުރު ފެށިއިރު ނުދައްކާ އޮތް އެއްޗެއް: މުއިއްޒު

މާލޭގެ ލޭންޑްޔޫސް ޕްލޭން އެކުލަވާލުމާ ގުޅޭގޮތުން ބޭއްވި ބައްދަލުވުމުގެ ތެރެއިން މޭޔަރު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސިޓީ ކައުންސިލުން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން(ވެމްކޯ)އަށް އަށް ދައްކަން ޖެހޭ 30.5 މިލިއަން ރުފިޔާ އަކީ ކުރީ ދައުރުން ނުދައްކާހުރި ރުފިޔާ ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ވެމްކޯއިން މިދިޔަ ހަފްތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ ޗީޕް ފައިނޭންޝަލް އޮފިސަރު ހަލީމް ވިދާޅުވީ މާލެއިން އެ ކުންފުނީގައި ރަޖިސްޓްރީ ކޮށްފައިވަނީ 16،000 ގޭބިސީ ކަމަށެވެ. މީގެތެރެއިން މި ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި 12000 ގޭބިސީއެއްގައި ތިން ބިލަށްވުރެ ގިނަ ބިލަށް ފައިސާ ނުދައްކާ އެބައޮތް ކަމަށެވެ.

އެގޮތުން އެ ކުންފުނީގެ އެންމެ ފަހުގެ ރިކޯޑުތަކަށް ބަލާއިރު ސިޓީ ކައުންސިލުން ދައްކަން ޖެހޭ ބިލުގެ އަދަދު ވަނީ 30.5 މިލިއަން ރުފިޔާއަށް އަރައިފައި ކަމަށް ވެމްކޯއިން ބުންޏެވެ. އަދި ކޮންމެ މަހަކު އެ ފައިސާ ދައްކަން އަންގާ ކަމަށް ވެސް ވަނީ ބުނެފައެވެ.

އެކަމާ ގުޅިގެން މުއިއްޒު ވިދާޅުވީ ވެމްކޯއަށް ދައްކަން ޖެހިފައިވާ 30 މިލިއަން ރުފިޔާ އެބައޮތް ކަމަށެވެ. ނަމަވެސް އެއީ ސިޓީ ކައުންސިލްގެ މިހާރު ހިނގަމުންދާ ދައުރު މެއި 17 ގައި ފެށުނުއިރުވެސް ދައްކަން ޖެހިފައި އޮތް ފައިސާއެއް ކަމަށެވެ.

”އެ ފައިސާ ދައްކަން ބޭނުންވާ ބަޖެޓަށް ވާނީ އެދިފަައި،“ މުއިއްޒު ވިދާޅުވިއެވެ.

ކުނި އުކުމުގައި ވެމްކޯ ފެއިލްވެ، މާލެތެރޭ ކުނި ޖަމާވެފައިވާ ކަމަށް ބުނެ ކައުންސިލުން މިއަދު ކުނިތައް ނަގައި ވެމްކޯ ސައިޓް ކުރިމައްޗަށް އަޅައިލި މައްސަލައެއް ވެސް މިދިޔަ ހަފްތާގައި ވަނީ ފެންމަތިވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: