ރައީސް މުހައްމަދު ނަޝީދު ރާއްޖެއަށް ވަޑައިގެންފިއެވެ.
ރައީސް ނަޝީދަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
ރައީސް ނަޝީދު މިއަދު ރާއްޖެ ވަޑައިގެންފައިވާއިރު އެއާޕޯޓްގެ ސެކިއުރިޓީގެ އިންތިޒާމުތައް ވަނީ ވަރަށް ބޮޑަށް ވަރުގަދަ ކޮށްފައެވެ.
ރައީސް ނަޝީދު މިއަދު ރާއްޖެ ވަޑައިގެންނެވި ނަމަވެސް މިއީ ތިން ދުވަހުގެ ދަތުރުފުޅެއް ކަމަށް މައުލޫމާތު ލިބެ އެވެ.
އެމަނިކުފާނު ވަނީ މަޖިލީހުގެ ޗުއްޓީ އިތުރު ކުރައްވައި، ސަލާމަތީ ކަންކަން ހުރި ގޮތުން ރާއްޖެއަށް ވަޑައި ގެންނެވުމަށް އުޒުރުވެރިވާކަމަށް ވިދާޅުވެފައެވެ.
ނަޝީދަށް ހަމަލާދިން ކަމަށް ތުހުމަތުކުރެވޭ މީހުން ހައްޔަރުކޮށް، އެ މީހުންގެ މައްޗަށް ދައުވާ އުފުލައި ޝަރީއަތް ވެސް ވަނީ ފަށައިފައެވެ. މި ހަމަލާގެ ފަހަތުގައި ވަނީ ހައްދުފަހަނާއެޅި ފިކުރުގެ ބައެއް ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

