ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު!

މޫސުން ގޯސް ދުވަހެއް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަކޮށް މޫސުން ގޯސް ވުމާއި ގުޅިގެން ނެރެފައިވާ ރީނދޫ ސަމާލު ހުދު ސަމާލަށް ބަދަލުކޮށްފިއެވެ.

ށ އަތޮޅުން ފެށިގެން ތ އަތޮޅަށް ނެރުނު ރީނދޫ ސަމާލު މިއަދާއި ހަމައަށް ދިގު ދައްމައި، ހުދު ސަމާލަށް ބަދަލު ކޮށްފައިވަނީ މިއަދު ހެނދުނުގެ ވަގުތުގައެވެ.

ހުދު ސަމާލު ނެރެފައިވީނަމަވެސ މި ކޮޅިގަނޑުގައި 50 މޭލަށް ވައިގަދަވެ ވިއްސާރެ ކުރާނެ ކަމަށް ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާ ކޮށްފައިވެއެވެ. ހަމަ އެއާއި އެކު ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް މެޓު އޮފީހުން ބުނެފައިވެއެވެ. ގަޑިއަކު 22 މޭލާއި 27 މޭލާއި ދެމެދު ވިލާގަނޑުގައި ވައި ގަދަވެ ރާއްޖޭގެ ކަނޑުތައް ގަދަވާނެ ކަމަށް ވެސް މި އިދާރާއިން ލަފާ ކޮށްފައިވެއެވެ.

ރާއްޖޭގެ މޫސުން ގޯސްވުމާއި ގުޅިގެން ކަނޑު މަތީގެ ހާދިސާތަކެއް ހިނގާފައިވާ އިރު މޫސުމާ ބެހޭ އިދާރައިން ދަތުރު ފަތުރު ކުރުމުގައި މޫސުމަށް ސަމާލުކަން ދިނުމަށް މެޓު އޮފީހުން އިރުޝާދު ދީފައިވެއެވެ.

މިއަދުވެސް ކަނޑުތައް ގަދަވާނެ ކަަމަށް ލަފާ ކޮށްފައިވާތީ ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ކުރުމަށާއި ދަތުރު ކުރާ ފަރާތްތަކުންވެސް މޫސުމަށް ހާއްސަ ސަމާލު ކަމެއް ދިނުމަށް ކަމާ ބެހޭ އިދާރާތްތަކުން އިލްތިމާސް ކޮށްފައިވެއެވެ.

ރާއްޖެއަށް ނެރެފަިއވާ ހުދު ސަމާލު ނެރެފައިވަނީ މިއަދުގެ ހެނދުނު 10:00 އިން ހަވީރު 16:30 އަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: