ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަކިވެގެން އެ ދިޔައީ ޤާބިލް އޮފިސަރެއް، ނަމޫނާ ކޮމާންޑަރެއް: އިމްރާން

ޝެއާރކޮށްލާ ކަހަލަދޯ؟

ކުއްލި ގޮތަކަށް ނިޔާވި ފުލުހުންގެ ނޯތު ޑިވިޝަނުގެ ކޮމާންޑަރެއްގެ ގޮތުގައި ހުރި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިސްމާލް ނަދީމް އަކީ ނަމޫނާ ކޮމާންޑަރެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ނަދީމް ނިޔާވީ ބ. އޭދަފުށީގައި ފުޓުބޯޅަ ކުޅެން ހުއްޓައި ހާޓް އެޓޭކެއް ޖެހިގެންނެވެ.

ނަދީމް ވެއްޓުމުން، އޭނާއަށް ފުރަތަމަ ފަރުވާދީފައިވަނީ ބ. އަތޮޅު ހޮސްޕިޓަލުގައެވެ. ނަމަވެސް އިތުރު ފަރުވާއަށް ރޭ ދަންވަރު އޭނާ ވަނީ މާލެ ގެނެސްފައެވެ.

އެނގިފައިވާ ގޮތުގައި އުމުރުން 37 އަހަރުގެ ނަދީމް ނިޔާވީ އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަނިކޮށް މިރޭގެ ވަގުތެއްގައެވެ.

ނަދީމް ނިޔާވުމާ ގުޅިގެން މިނިސްޓަރު އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުއްލިގޮތަކަށް ވަކިވެގެން ދިޔަކީ ހަރުދަނާ ލީޑަރެއް ކަމަށާއި އެއީ ޤާބިލް އޮފިސަރެއް އަދި ނަމޫނާ ކޮމާންޑަރެއް ކަމަށެވެ.

”މިއަހަރުގެ ސެޕްޓެމްބަރު މަހު ނ.އަތޮޅަށް ކުރި ދަތުރުގެ ތެރެއިން ވެސް ޗީފް އިންސްޕެކްޓަރ އިސްމާއީލް ނަދީމްގެ މިދެންނެވި ސިފަތައް ފާހަގަުރެވުނު“ އިމްރާން ވިދާޅުވި އެވެ.

ނަދީމްގެ ޖަނާޒާ ބާއްވާފައި ވަނީ ރޭ ފަތިސް ނަމާދަށްފަހު އާސަހަރާ މިސްކިތުގަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: