ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީޕީއެމްގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވަނީ!

ޕީޕީއެމްއިން މާލޭގެ ކާނިވާ ސަރަހައްދުގައި، ބޭއްވި ޖަލްސާއެއްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ޕްރިގްރެސިވް ޕާރޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ 10 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވަން ނިންމައިފި އެވެ.

މިއަދު މެންދުރު ބޭއްވި ނޫސް ބައްދަލުވުުމުގައި ޕީއެންސީގެ ނައީބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ ދިދަ ނެގުމުގެ ރަސްމިއްޔާތު އޮންނާނީ 27 އޮކްޓޯބަރު 2021 ވާ ބުދަ ދުވަހުގެ ރޭ 20:00 ގައި ކަމަށެވެ.

ޕީޕީއެމް ގެ 10 ވަނަ އަހަރީ ދުވަސް ބައްދަލުކުރާއިރު، ޕާޓީ ހިތާމަ ވެރި ހާލަތެއްގައި އޮތް ނަމަވެސް، ދިވެހި ގައުމުގެ މިނިވަން ކަމާއި އިސްތިގްލާލު ހިމާޔަކޮށް ގައުމު ސަލާމަތް ކުރަމުގެ މަތިވެެރި އަޒުމާއި އެކު ޕާޓީ އިން ނުކުންނަ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ޕާޓިގެ އެންމެ ބޮޑު އެދުމަކީ މިނިވަން ކަމުގެ ދިފާއުގައި، ރައީސް ޔާމިނަށް ތާއިދު ކުރާ އެންމެހާ ފަރާތްތަކުން އަދި ޕީޕީއެމް ޕީއެންސީ ގެ އެންމެހާ ސަޕޯޓަރުން ރަތް ކުލައިގެ ހެދުމުގައި މި ރަސްމިއްޔާތުގައި ބައިވެރިވުމެވެ.

ދިދަ ނެގުމުގެ ރަސްމިއްޔާތު މާލޭގައި ކުޔރިއަށް ގެންދެވޭ އިރު ރާއްޖޭގެ އެހެނިހެން ރަށްތަކުގެ ޕީޕީއެމް ޖަގަހަ ތަކުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ކުރިއަށް ގެންދެވޭނެކަން ވެސް އޭނާ ހިއްސާކުރިއެވެ.

މާލެ ސަރަހައްދުގައި ބޭއްވޭ ދިދަ ނެގުމުގެ ރަސްމިއްޔާތު ކުރިއަށް ގެންދެވޭނީ ޕީޕީއެމް އޮފީހުގަ އެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: