ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހެދޭ ގޯސްތައް ނުބަލައި ދޫކޮށްލުމުގެ ސަބަބުން ގޯސްތައް ތަކުރާރުވޭ: ވައްޑޭ

އުނގޫފާރު ދާއިރަގެ މެމްބަރު މުހައްމަދު ވަހީދު/ ފޮޓޯ:- ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

އިސް މަގާމުތަކުގައި ތިބޭ މީހުންގެ އިހުމާލުން ހަދާ ގޯސްތައް ނުބަލާ ދޫކޮށްލުމުން ގޯސްތައް ތަކުރާރުވާނެ ޖާގަ ހޯދައިދެވޭ ކަމަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.

މެމްބަރު ވަހީދު ކޮށްފައިވާ ޓްވީޓެއްގައި އޭނާ ވިދާޅުވީ މިނިސްޓަރެއްގެ މަގާމުގައި ހުރެގެން ވިޔަސް، އެހެން މަގާމެއްގައި ހުރެގެން ވިޔަސް، އިހުމާލުން ވެގެންދާ ކަންތަކުގެ ޒިންމާ ނަގަން ޖެހޭކަމަށެވެ. މިގޮތަށް ހިނގައިދާ ކަންތަކުގެ ޒިންމާ ނުނެގުުގެ ސަބަބުން ނުކުމެފައި ހުންނަ ބޮޑެތި ގޯސްތައް ތަކުރާރުވުން ހުއްޓަން ޖެހޭ ކަމަސް ވެސް ވަހީދުގެ ޓްއީޓުގައި ބުނެފައިވެއެވެ.

މަގާމުތަކުގައި ތިބޭ ފަރާތްތަކުން ޒިންމާ ނުނެގޭކަމީ މައްސަލަ ދިމާވެ އިތުރު ގޯސްތައް ތަކުރާރުވުމަށް ހެދިގެންދާ ޖާގައެއްކަމަށް ވަހީދު ވިދާޅުވިއެވެ.

މެމްބަރު ވައްޑޭ މިފަދައިން ޓްވީޓުކޮށްފައިވާ އިރު ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ހިނގައިދިޔަ ހަމަނުޖެހުމެއްގައި، ތަނުގެ ތެރެއިން ކުދިން ނެރެގެން ގެންދިޔައީ އުސޫލާއި ހިލާފަށްކަމަށް ބުނެ ކުރީގެ ޖެންޑާރ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީއަށް ދައުވާކޮށްދޭން އެދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން ވަނީ ހުށަހަޅާފައެވެ.

2017 ވަނަ އަހަރު ކުޑަކުދިންގެ ހިޔާގައި ބައިތިއްބާފައިވާ ކުޑަކުދިންތަކަކަށް މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއާއި ގުޅިގެން މިނިސްޓްރީ އޮފް ޖެންޑަރގެ ފަރާތުން ހިންގި ހަރަކާތްތަކެއްގައި، އެމުއައްސަސާތަކުގެ ބައެއް މުވައްޒަފުން އެކުދިންނާ ހަޑިހުތުރު ބަހުން މުއާމަލާތުކޮށް، ބައެއް ކުޑަކުދިން ބިޑި އަޅުވައި، ޖިސްމާނީ އަދި ނަފްސާނީ އަނިޔާތަކެއް ދީފައިވާކަމަށް ތުހުމަތުކޮށް ދައުވާކުރުމަށް 30 މީހެއްގެ މައްޗަށް ދައުވާކުރުމަށް ވަނީ ފޮނުވާފައެވެ. މީގެ ތެރޭގައި މިނިސްޓަރ ޒެނީޝާ އާއި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން (އެފްސީޕީ) ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރުވެސް ހިމެނެއެވެ. ނަމަވެސް ޒެނީޝާ ވަނީ، ޖިނާއީ އެއްވެސް ކުށެއްގެ އަމަލެއް ހިންގާފައިނުވާނެކަމަށް ވިދާޅުވެފައެވެ.

ޒެނީޝާއަށް ކުރާ ދައުވާތައް ދިފާއުކުރައްވާ، ރައީސް ނަޝީދުވެސް ވަނީ ޒެނީޝާގެ މައްޗަށް އެތުހުމަތުތައް ކުރުމުން ދެން އިތުރަށްވާނެ ފައިދާއެއް ނެތްކަމަށް ވިދާޅުވެފައެވެ.

ކުޑަކުދިންގެ ހިޔާގައި ހިނގައިދިޔަ ހަމަނުޖެހުމާއި ގުޅިގެން މައްސަލަ ބެލުމަށް ދައުވާ ކޮށްފައިވާ ފަރާތްތަކާއި މެދު ޕީޖީން ހަފްތާއެއްގެ ތެރޭގައި ގޮތެއް ނިންމާނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: